Sunday, 26 July 2026
Ads by

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، އ.ތ.މ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތަފްސީލު ހާމަކޮށްފި

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، އ.ތ.މ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތަފްސީލު ހާމަކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ވެރިން... ފޮޓޯ / އީސީ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހަޅާފައިވާ ގޮތުގެ ފަހުގެ ތަފްސީލުތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

Ad Image
Ads by

25 ޖަނަވަރީ 2026 ވީ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ލިބިފައިވާ ތަފްސީލުތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ ގޮނޑިތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޖުމްލަ 750 ކެންޑިޑޭޓެއްގެ ފޯމު ވަނީ ޤަބޫލުކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ކުރިމަތިލީ 617 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ކުރިމަތިލީ 133 ކެންޑިޑޭޓުން ހިމެނެއެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ 183 ކެންޑިޑޭޓެއްގެ ފޯމު ވަނީ ބާތިލުކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހެޅި 113 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 70 ފޯމު ހިމެނެއެވެ. ކެންޑިޑަސީ ޤަބޫލުނުކުރުމާ ގުޅިގެން އަލުން ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 77 މީހުންނެވެ. (ޕާޓީތަކުން 41 އަދި އަމިއްލަ ގޮތުން 36 މީހުން).

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބަލާއިރު، ޖުމްލަ 574 ކެންޑިޑޭޓެއްގެ ފޯމު ވަނީ ޤަބޫލުކޮށްފައެވެ. މީގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ކުރިމަތިލީ 488 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލީ 86 ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިޚާބުގައި 126 މީހެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުނުކުރަން ނިންމާފައެވެ. އެއީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 77 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 49 ފޯމެވެ. ކެންޑިޑަސީ ޤަބޫލުނުކުރުމުން އަލުން ފޯމު ހުށަހަޅާފައިވަނީ 34 މީހުންނެވެ. (ޕާޓީތަކުން 15 އަދި އަމިއްލަ ގޮތުން 19 މީހުން) ނެވެ.

ކެންޑިޑޭޓުންގެ ފޯމުތައް ޤަބޫލުނުކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަހަޅާފައިނުވުން ހިމެނެއެވެ. ޚާއްޞަކޮށް، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައިނުވުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ފޯމުތަކުގައި މައްސަލަ ހުރުން ފާހަގަކުރެވެއެވެ.

މި އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބަށް ވާއިރު، އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި