Wednesday, 9 September 2026
Ads by

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރަށް!

ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރަށް!

ފުލުހުން އާންމުކުރި ފޮޓޯ.

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް (ހެކްކޮށް)، އެ މީހާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ރަށްރަށަށް ނިސްބަތްވާ މީހުންނެވެ.

Ad Image
Ads by

އޭގެ ތެރޭގައި ހިމެނެނީ: މުޙައްމަދު ޙަސަން (59އ) – ލ. އިސްދޫ / ގުޑްލައިފް ޢަލީ ޢިރުފާނު އަޙްމަދުދީދީ (26އ) – ސ. ހިތަދޫ / އުދަ ޢަލީ ޝިރާޒު (38އ) – ސ. ހިތަދޫ / ނަންރީތިގެ ޢަބްދުﷲ ނާފިޛް (39އ) – ހދ. ވައިކަރަދޫ / ޕެރިމްރޯޒް މުޙައްމަދު ޢަލީ (42އ) – ގއ. ކަނޑުހުޅުދޫ / ފޫހިވާގެ މުޙައްމަދު ނުހާދު ޢަލީ (30އ) – މ. މާލޭގެއާގެ / މާލެ މުޙައްމަދު ސިމާދު (38އ) – ހއ. ކެލާ / ޕެނަމާ ޢަލީ އިމްރާން (38އ) – ގދ. ފިޔޯރީ / ހީނާމާގެ ޢަބްދުﷲ އިސްރާޤް (19އ) – ގދ. ތިނަދޫ / ގުލްބަކާގެ މުޙައްމަދު އިބްރާހީމް (49އ) – ކ. ހިންމަފުށި / މެޑޯޒް އެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން، ތިން މީހަކު އައްޑޫ ސިޓީން އަދި ބާކީ ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. މި މައްސަލައިގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ނަގާފައިވާ މީހުންނެވެ. މީގެ އިތުރުން، އެކަކު ވަނީ މި ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށްގެން މުދާ ގަނެފައެވެ. އަދި ބާކީ ތިބި ތިން މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވެފައިވާ މީހުންނެވެ.

މި އޮޕަރޭޝަނަކީ ކުންފުންޏެއްގެ އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ކޯޓު އަމުރުގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ގޭންގު ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާއި، ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ވަނީ ބައިވެރިވެފައެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އިބްރާހީމަށް 5 ދުވަސް، މުޙައްމަދު ޢަލީ އަދި މުޙައްމަދު ޙަސަނަށް 7 ދުވަސް، ޢަލީ ޢިރުފާނަށް 10 ދުވަސް، އަދި ބާކީ ތިބި ހަ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި