Wednesday, 9 September 2026
Ads by

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ލަންކާވެސް ބަލިކޮށް ސައްތައިންސައްތަ ރެކޯޑު ރާއްޖޭން ދަމަހައްޓައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ލަންކާވެސް ބަލިކޮށް ސައްތައިންސައްތަ ރެކޯޑު ރާއްޖޭން ދަމަހައްޓައިފި

ދިވެހި ޤައުމީ ފުޓްސަލްޓީމް.. ފޮޓޯ/ ސިޑިބަރި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅުނު ފަހު މެޗުގައި ސްރީލަންކާ ވެސް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ދިވެހިރާއްޖެއިން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައި މުބާރާތް ނިންމާލައިފިއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.

Ad Image
Ads by

މެޗަށް ނުކުތްއިރު ވެސް ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓު ހޯދައިގެންނެވެ. ރާއްޖެއިން ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދުމާއެކު، ޕޮއިންޓު ތާވަލުގައި ރާއްޖެއާ އެއް ހަމައަށް އާދެވޭނެ އެހެން ޓީމެއް ނެތުމުން ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވީއެވެ.

މި ހިތްހަމަޖެހުމާއެކު ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުތީ ފުރަތަމަ ފަސް ކުޅުންތެރިންނަށް ބަދަލުތަކެއް ވެސް ގެނެސްގެންނެވެ. އެގޮތުން އެންމެ ފާޙަގަކޮށްލެވޭ ބަދަލަކީ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ ކަމަށްވާ ކީޕަރު ޒައިދާން އަޙްމަދުގެ ބަދަލުގައި އިބްރާޙީމް ނާޖިއު ކުޅެން އެރުވުމެވެ.

މެޗު ފަށައިގެން، އެއްވެސް ޕްރެޝަރެއް ނެތި ރާއްޖެއިން ކުޅެމުން ދިޔައިރު މި ހާފުގެ 12 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑެއް ޖަހައި ލީޑުނެގިއެވެ. ލަންކާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ އިންމި ފޮނުވާލި ބާރު ހަމަލާއެއް، ލަންކާގެ ކީޕަރުގެ ފައިގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ރާއްޖެއިން ކާމިޔާބުކުރި ލަނޑެކެވެ.

ލީޑުގައި އޮވެ ރާއްޖެއިން ކުޅެމުން ދަނިކޮށް، މިހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ލަންކާއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތެއްގައި، މުޙައްމަދު އާކިބް ޖައްސާލި ބޯޅައެއް މުޅިން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު މުޙައްމަދު ތިލްޙަމް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ލަންކާއިން އުއްމީދެއް ހޯދި ނަމަވެސް، ހާފު ނިމެން 14 ސިކުންތަށް ވެފައި ވަނިކޮށް ރާއްޖެއިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

ދެވަނަ ހާފުގައި ވެސް ވަރުގަދަކޮށް ފެށީ ރާއްޖެއިންނެވެ. އެހެންނަމަވެސް ލަންކާއިން ވެސް ރާއްޖޭގެ ގޯލަށް ނުރައްކާކުރަން މަސައްކަތްތަކެއް ކުރަމުންދިޔައިރު، ހާފުގެ ހަވަނަ މިނެޓުގެ ތެރޭގައި އަޙްމަދު ފައިސަލް ވަނީ ލަނޑެއް ޖަހައި ލަންކާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ލަންކާއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް، އައު ހިތްވަރަކާއެކު މަސައްކަތް ފަށައި ހާފުގެ ނުވަވަނަ މިނެޓުގައި ރާއްޖެއިން ވަނީ އަލުން ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މިއީ އަޙްމަދު ހަމީދު ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅައެއް، ލަންކާގެ އާކިބްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ރާއްޖެއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

މެޗުގައި ރާއްޖެއިން ޖެހި ހަތަރުވަނަ ލަނޑަކީ، ޓީމެއްގެ ގޮތުގައި ރަނގަޅު ޕާސްތަކެއް ޖަހައިގެން ތަނަވަސްކުރި ފުރުސަތެއްގައި ޙުސެއިން ސުޙެއިލް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މުބާރާތުގެ ޓޮޕް ސްކޯރަރ، ރާއްޖޭގެ ކެޕްޓަން އިމްރާން (އިންމި) އެވެ. މި ލަނޑާއެކު އިމްރާން ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 9 އަށް އަރާފައެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ރާއްޖޭގެ ކީޕަރު ޒައިދާން އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއީ ޕަވާ ޕްލޭއެއްގައި ކުރިއަށް އަރައި، ބޯޅަ ގެއްލުނު ވަގުތު ލަންކާ ކުޅުންތެރިއަކު އަމިއްލަ ހާފުގައި ހުރެފައި ފޮނުވާލި ބޯޅައެއް ދިފާއުކުރަން އަތްލުމާ ގުޅިގެން ދެއްކި ކާޑެކެވެ.

މި މޮޅާއެކު ރާއްޖެއިން ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާ އެކު މުބާރާތް ނިންމާލިއިރު، ތާވަލުގެ އެއްވަނައިގައި ރާއްޖެ އޮތީ 18 ޕޮއިންޓާއެކުއެވެ. މެޗުން ވީ ބައްޔާއެކު ލަންކާ ތާވަލުގެ ހަވަނައިގައި އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި