މޯލްޑިވްސް ބްލަޑް ސާވިސް އިން ލޭ ހުސްވަމުން ދިއުމާއި ގުޅިގެން ލޭ ހޯދުމަށް ކޮށްފައިވާ އިއުލާނަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފިއެވެ
އެޗްޑީސީ އާއި އެމްބީއެސް ގުޅިގެން މިއަދު ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިގެން ކުރިއަށްދާއިރު، އެޗްޑީސީން ބުނީ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގައި އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އެމްބީއެސްއިން މިދިޔަ ހަފްތާގެތެރޭގައި ހާމަކޮށްފައިވާ ގޮތުގައި މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޯ ނެގެޓިވް، ބީ ޕޮޒިޓިވް، ބީ ނެގެޓިވް އަދި އޭބީ ޕޮޒިޓިވް ލެޔެވެ.












