Wednesday, 9 September 2026
Ads by

އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް މިހާރު ވަދެވޭނެ

އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް މިހާރު ވަދެވޭނެ

މާލޭ ވިޔަފާރި ބަނދަރު--- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް މާދަމާއިން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

މިކަން އިޢުލާން ކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ، މިއީ ފާއިތުވި 37 ވަރަކަށް އަހަރުގެ ތެރޭގައި ޢަމަލުކުރަމުން އައި އުސޫލޫ ބަދަލުކޮށް އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

”މިއީ 1988 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އުޞޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް. މިބަދަލާއެކު، ކުރިން ވެސް އުޅަނދުފަހަރަށް ދެމުން އައި ކްލިއަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ،“ — މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ ކުރިން ޢަމަލުކުރަމުން އައި އުޞޫލަކީ، ރޭގަނޑު 12 ޖެހުމަށްފަހު މާލޭ ވިޔަފާރި ބަނދަރަށް އަންނަ އާގު ބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރުމެވެ. ނަމަވެސް، މިހާރު ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ، ކުރިން މިކަން އޮތް ގޮތަށް ޢަމަލުނުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު އަމީން ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު، އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. މީގެ އިތުރުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުގެ ސަބަބުން ހިނގާ އިތުރު ޚަރަދުތަކުން ސަލާމަތްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ޤަބޫލުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި