Wednesday, 9 September 2026
Ads by

ފަސްއަހަރުން އެމްޑީޕީއަށް ނުހިއްކުނު ފޭސް3 ޕީއެންސީ ސަރުކާރުން ހިއްކައިފި

ފަސްއަހަރުން އެމްޑީޕީއަށް ނުހިއްކުނު ފޭސް3 ޕީއެންސީ ސަރުކާރުން ހިއްކައިފި

ހުޅުމާލެ ފޭސް3: ފޮޓޯ/ އެމްއޭސީއެލް

‎ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބޮޑު މަޝްރޫއު،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

އިދިކޮޅު ފަރާތްތަކުން މި މަޝްރޫޢު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް، ސަރުކާރުން ވަނީ ރެކޯޑު ދުވެއްޔެއްގައި މި މަސައްކަތް ނިންމާލާފައެވެ.

‎މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ރާއްޖެ ގެނެސްފައެވެ. އެގޮތުން، އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ”ޕްރިންސް ދަ ނެދަލޭންޑެން“ އަދި ”އޮރެންޖް“ ޑްރެޖަރު ބޭނުންކޮށްގެން ވަނީ މި ބިޔަ މަޝްރޫއު ނިންމާލާފައެވެ.

‎މިއީ މޮލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް (ޓޯޓަލް ސޮލިއުޝަން) ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެމަނިކުފާނުގެ މި ވަޢުދުފުޅާއި އެއްގޮތަށް، ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

‎ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ އިތުރުން، ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތަކީ ވެސް ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫޢުތަކެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. މި މަޝްރޫޢުތައް ނިމުމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

‎އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ބެލުމެއްނެތް، މި މަޝްރޫޢު ނިންމާލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަސައްކަތްތަކުގައި ގެންގުޅޭ ހަލުވި ދުވެލި ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި