Sunday, 26 July 2026
Ads by

ރައީސްގެ އިލްތިމާސް: ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތައް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިޚާބުގައި ނުދެއްވާ!

ރައީސްގެ އިލްތިމާސް: ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތައް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިޚާބުގައި ނުދެއްވާ!

ޕީއެންސްީ ހަރުގޭގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތައް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިޚާބުގައި ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޮންގްރެސް ޕާޓީގެ ޚާއްޞަ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރެއް ކަމަށާއި، މި ސަރުކާރު އޮތީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި ސަރުކާރާއި، މެދަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

”ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވިންދާއި އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް، އެހެންވީމަ ރައްޔިތުންނާއި ސަރުކާރާއި މެދަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަވާށޭ، ވައްދަން ފުރުސަތު ނުދެއްވާށޭ، ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގައި“ ރައީސް ވިދާޅުވިއެވެ.

 

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ހުރީ ލިޔެވިފައި ކަމަށާއި، ކަންކަން ބާރު ސްޕީޑްގައި އެކި މަރުހަލާތަކުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ކައުންސިލަށް ހޮވަންވީ މިކަންކަމުގައި ހިފައި، މިކަންކަމުގައި ބާރު އަޅައިދީ، ހިތްވަރުދީ މަގުފަހިކޮށްދޭނެ ބައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެެކަމަށް ހުރަސް އަޅައި، އެކި ކަހަލަ އުޒުތައް ދަައްކައި، އެކި ކަހަލަ ހުރަސްތައް ކުރިމަތިކޮށް، ތަރައްގީ މަޑުޖައްސަން، މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް ނުހޮވުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

މިސަރުކާރުން ރާއްޖޭގެ މުޖުތަމައުއަށް މިހާރު ހަމަޖެހުން ގެނެސްދެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށާއި ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ލާފައި ނުވާނެ ކަމަށެވެ. އަދި މި ޤައުމުގައި އެއްވެ އުޅުުމުގެ ފުރުސަތު އެހެން ހުރިހާ ކަމެއް ކުރިއަށްވުރެ އިތުރުކޮށްދީފައިވާނެ ކަމަށާއި މި ހުރިހާ ހަމަޖެހުމެއް ގައުމުގައި އެބަ އޮތް ކަމަަށްވެސް ރައީސް ވިދާޅުވިއެވެ.

”މި ހުރިހާ ހަމަޖެހުމެއް ޤައުމުގައި އޮއްވާ ރަށެއްގައި ސިޓީއެއްގައި ސަކަރާތް ޖަހައި، ރައްޔިތުންގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރުވައި، ހަމަނުޖެހުން އުފައްދައި ތަރައްޤީ މަޑުޖައްސުން ފަދަ ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރައްވާނެ ކަމެއް ނޫން“ ރައީސް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ތަރައްޤީއަށް ހުރަސްއެޅުމަށް އިދިކޮޅުފަރާތްތަކަށް ޖާގަ ނުދެއްވުމަށެވެ. އަދި ރައްޔިތުންނާއި އެކީގައި މި އޮތް ސަރުކާރު، ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަތުން ކޮންގްރެސްޕާޓީގެ ފަރާތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ ހޮއްވަވައިދެއްވުމަށްވެސް ރައީސް މުޢިއްޒުވަނީ އިލްތިމާސް ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި