Wednesday, 9 September 2026
Ads by

ދިވެހިން ތިބީ ޤައުމީ ފުޓްސަލް ޓީމާއެކު: ނައިބު ރައީސް

ދިވެހިން ތިބީ ޤައުމީ ފުޓްސަލް ޓީމާއެކު: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް---

ދިވެހިން ތިބީ ޤައުމީ ފުޓްސަލް ޓީމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނައިބު ރައީސް މި މޭރުމުން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިން ތިބީ ޤައުމީ ފުޓްސަލް ޓީމާއެކުގައި ކަމަށާއި، އެހެން ފަހަރުތަކެކޭ އެއްފަދައިން، ކުޅިވަރުގައި ދިވެހިން ދައްކާ އެއްބައިވަންތަކަމުގެ ރިވެތި ސިފަ މި ފަހަރު ވެސް ފެނިގެންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ޤައުމީ ޓީމާއެކު ދިވެހިން ތިބިކަން ހާމަކުރަމުންދާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ޓީމާ މެދު ދިވެހިންގެ އުއްމީދުތައް ހުރި މިންވަރު އެކަމުން އެކަނި ވެސް ހާމަވެގެންދާ ކަމަށެވެ. އަދި ހަމައެހެންމެ، ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނައިރު، ޓީމަށް މަރުޚަބާ ކިޔުމަށް ދިވެހިން ތައްޔާރުވެގެން ތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިޔާ މި ފަހަރު ވެސް އަޅުގަނޑުމެންގެ ރާއްޖެއިން ދައްކައިދޭނެ، އެކި ކަންކޮޅުތަކުން ދިވެހި ޓީމާއެކު އޮތްކަމުގެ ޝުއޫރުތައް އެބަ ފާޅުކުރަމުންދޭ. މުޅި ރާއްޖޭގެ ނޫސްތަކުގައި، މީޑިއާގައި، ސޯޝަލް މީޑިއާގައި މިއޮތީ އެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިންގެ އުއްމީދުތައް ހުރިވަރު. ދިވެހި ކުޅުންތެރިންވީ ތިގޮތުގައި، ތި ސާބިތުކަންމަތީގައި ތަށި ހިފައިގެން ރާއްޖެ އަންނަން. އަޅުގަނޑުމެން މި ތިބީ ހޫނު މަރުހަބާއެއް ގައުމީ ޓީމަށް ކިޔަން ތައްޔާރަށް. ދިވެހި ރައްޔިތުން އެ ތިބީ އެކަމަށް ކެތްމަދުވެފައި،“ — ނައިބު ރައީސް ވިދާޅުވިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ޤައުމީ ޓީމުން އެނބުރި ރާއްޖެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މުޅި ޤައުމު އޮތްއިރު، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ރާއްޖެއަށް ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން ކޮންމެ ވެސް އެއް މެޗަކުން މޮޅުވާށެވެ.

މި މުބާރާތުގައި ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ހޯދައިފިނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެއެވެ. ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 15:00 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި