Sunday, 25 October 2026
Ads by

ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ރައީސް ޑރ. މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވި ފަދައިން ނ. ވެލިދޫއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

Ad Image
Ads by

ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ވެލިދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުންގެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ދަތުރުތައް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ޚާއްޞަ ލައުންޖެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ފުރަތަމަ ފްލައިޓަށް މެންދުރު 1:40 ގައި ވަނީ ޗެކިން ފަށާފައެވެ. ފުރަތަމަ ފްލައިޓު ފުރާފައިވަނީ 2:40 ހާއިރުއެވެ.ސީޕްލޭން އޮޕަރޭޝަން ފެށުމާއެކު ފުރަތަމަ ފްލައިޓުގައި ގާތްގަނޑަކަށް 15 މީހުން ވަނީ ވެލިދޫއިން މާލެއަށް ފުރާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިންނެވެސް ހިމެނެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްޞަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.

މިދިޔަ ޖުލައި އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫއަށް ކުރެއްވި ޒިޔާރާތުގައި ރައީސް މުޢިއްޒު ވަނީ މިއަހަރު ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމް އެއް ޤާއިމްކޮށް ޝެޑިއުލް ދަތުރުތައް ފަށާނެކަން އިއުލާން ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ދަތުރުތަށް މިހާރު ފަށާފައިވާއިރު، މި ދަތުރުތަށް ކުރިއަށް ގެންދާނީ އެއަތޮޅު ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެންދެން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. އޭގެ ފަހުންވެސް ރައްޔިތުން ދަތުރުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދަތުރުތައް ފެށުމަކީ ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި