Sunday, 26 July 2026
Ads by

އިސްލާމް މާއްދާ ދިވެހިބަހުން ކިޔަވައިދީގެން ދީނީ ލޯތްބެއް ނުއުފެދޭ: ފައްޔާޒު

އިސްލާމް މާއްދާ ދިވެހިބަހުން ކިޔަވައިދީގެން ދީނީ ލޯތްބެއް ނުއުފެދޭ: ފައްޔާޒު

ފައްޔާޒް އިސްމާއިލް. ފޮޓޯ/ މިހާރު ނޫސް

އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް މިހާރު ނުފެންނަ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒް މިފަދައިން ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

Ad Image
Ads by

 

މިވީހާ ދުވަހު ރާއްޖޭގައި އިސްލާމް މާއްދާ ދިވެހިން ކިޔަވައިދެމުން ގޮސްފައިވާއިރު، މީގެކުރިން އެއްވެސް ބަޔަކު މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައިނުވެއެވެ. ރާއްޖޭގައި މިހާރު އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުންދާއިރު، އަހަރުމެންގެ މާދަރީބަސް ކަމުގައިވާ ”ދިވެހި ބަހުން“ މި ކިޔަވައިދެނީ އެންމެ 2 މާއްދާއެވެ. އެއީ ދިވެހިބަސް، އަދި އިސްލާމް މާއްދާއެވެ.

 

މާދަރީ ބަހުން އިސްލާމް މާއްދާ ކިޔަވައިދޭތީ ކަންބޮޑުވުން ފާޅުކުރަމުން ފައްޔާޒް ވިދާޅުވީ ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެ ކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެކަމަށެވެ. އަދި އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަންހެޔޮވާވަރުގެ ކަމެއްތޯއޭ ހިތާހިތުން ސުވާލު ކޮށްލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުންކުރަނީ އިނގިރޭސިބަސް ކަމަށާއި، މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުން ކަމަށެވެ.

ދިވެހި ބަސް ސަލާމަތްކޮށް ދިރުވާ އާލާކުރުން ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެއަށްވުރެެ އަދި މުހިންމީ އަޅުގަނޑުމެންގެ ދަރިން އަދި މި ޤައުމުގެ މުސްތަޤުބަލު ކަމަށްވާ ޒުވާނުން ގެ ހިތުތެރޭ އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުން ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދީގެން އެކަން ވާތަން ނުފެންނަ ކަމަށާއި، އަދި ކުދިންގެ ކިބައިގައި އިސްލާމް ދީނަށް އޮންނަންވީ ލޯތްބާއި އިހުތިރާމު ކުޑަވުމާއި ގެއްލުމުގެ ބިރު ވަރަށް ބޮޑުކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިއާއިއެކު ފައްޔާޒުވަނީ އިސްލާމީ އަޤީދާ އާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލަން ގޮވާލާފައެވެ.

https://twitter/faya_i/status/2014618498513645704

 

ފައްޔާޒް އިތުރަށް ވިދާޅުވީ ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެނެއް ނޫން ކަމަށާއި، އެކަންކުރެވޭނީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ޤާއިމުކޮށްގެން ކަމަށެވެ. އަދި ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދީ، ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމްސް، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމުކޮށްގެން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެއީ އޭނާގެ އަމިއްލަ ޚިޔާލުކަމަށާއި، އެކަންބޮޑުވުން ހިއްސާކުރެއްވީ އްގޮތަކަށްވެސް އެހެން ބޭފުޅުންގެ ވިސްނުމާއި ޖަދަލުކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ.

ކަންބޮޑުވުން ފާޅުކުރީ ޒުވާނުން ދީނާ ދުރަށްދާތަން ފެންނަމުންދާކަމުގެ ކަންބޮޑުވުން އޮތީމައެވެ. އަދި ޅަ ދަރިންނަށް މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނާތީ އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ. ފައްޔާޒް ވިދާޅުވިއެވެ.

 

އިސްލާމް މާއްދާ ކިޔަވައިދޭގޮތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ ކަރިކިއުލަމްގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް ފަހުމުނުވާކަމަށެވެ. އަދި
މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅުގޮތެއް ހޯދޭތޯއުޅެން މުހިއްމު މައްސަލައެއްކަމަށްވެސް ފައްޔާޒަށް ވިސްނޭކަމަށް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި