Sunday, 26 July 2026
Ads by

އަދަދު ނޫހުން ދީނަށް ފުރައްސާރަ ކުރުން އެމްޑީޕީން ދިފާއުކޮށްފި

އަދަދު ނޫހުން ދީނަށް ފުރައްސާރަ ކުރުން އެމްޑީޕީން ދިފާއުކޮށްފި

އިދިކޮޅު އެމްޑީޕީގެ ރެލީއެއްގެ ތެރެއިން.

ސަރުކާރާ ދެކޮޅު ޕޮލިސީއެއް ގެންގުޅޭ ކަމަށް ބުނެ ޚަބަރު ފަތުރަމުންދާ އަދަދު ނޫހުން ސަރުކާރަށް ފާޑުކިޔުމުގެ ނަމުގައި އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރެހުން އިދިކޮޅު އެމްޑީޕީން ދިފާއުކޮށްފިއެވެ.

Ad Image
Ads by

އަދަދު ނޫހުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ނަމުގައި ވެރިންނަށާއި ސަރުކާރުގެ އެކިފަރާތްތަކަށް ފުރައްސާރަކޮށް ހަދަމުންދާ ސިޔާސީ ކާޓޫން ކޮންޓެންޓް ހައްދުން ނައްޓާ މިފަހަރު ކުރަހާފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން މީހަކު ފައިސާ ވަގަށްނަގާ ގޮތަށް ހުރި ކާޓޫނެކެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލާގައި މީޑިއާ ކޮމިޝަނުން އެ ކޮންޓެންޓު ފޮހެލުމަށާއި، އެކަމާގުޅިގެން ކޮމިޝަނަށް ޖަވާބުދާރީވުމަށް އަދަދު ނޫހަށް އެންގުމުން އެނޫހުން ހުއްޖަތްދައްކާ އެކަން ވަނީ ދިފާއުކޮށްފައެވެ. މިކަމާގުޅިގެން ވަރަށް ގިނަ ރައްޔިތުން ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެހެންނަމަވެސް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މާޒީއެއްވެސް އޮތް، އިދިކޮޅު އެމްޑީޕީގެ އިސްފަރާތްތަކުން ދަނީ މިކަން ދިފާޢުކޮށް އަދަދު ނޫހަށް ހިތްވަރުދެމުންނެވެ. އޭގެ ތެރެެއިން އެމްޑީޕީ ވެރިކަމުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ފާހަގަކޮށްލެވެއެވެ. މާރިޔާ ދީދީ ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަދަދު ނޫހުގައި އިއްޔެ ޝާއިއުކުރި ދީނަށް ހަޖޫޖެހި ޕޯސްޓަކީ ސަރުކާރަށް ފާޑުކިޔާ ކުރެހުމެއް ގޮތުގައި މާރިޔާ ވަނީ ސިފަކުރައްވާފައެވެ. އަދި މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކީ މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަކުރައްވާފައެވެ.

ތަރީޚަށް ނަޒަރު ހިންގާލާއިރު މިފަދަ ކޮންމެ ދީނާޚިލާފު ކަމެއް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރާ ބައެއްގެ ދިފާޢުގައި އެމްޑީޕީން ވަކާލާތުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި