Wednesday, 9 September 2026
Ads by

އަދަދު ނޫހުން އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫން ކުރެހުމުން އާންމުން ރަތަށް!

އަދަދު ނޫހުން އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫން ކުރެހުމުން އާންމުން ރަތަށް!

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުވެސް ފުރާފައިވާ، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާ ހިންގާ އަދަދު ނޫހުން ސަރުކާރަށް ފާޑުކިޔުމުގެ ނަމުގައި އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހާ އާންމުކޮށްފިއެވެ.

Ad Image
Ads by

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ ކަމަށް މީގެކުރިން އަމިއްލައަށް އެއްބަސްވެފައިވާ އަދަދު ނޫހުން ސިޔާސީ ފާޑުކިޔުމުގެ ނަމުގައި އިންސާނުންގެ ސޫރައަށް ހަޖޫޖަހާ ސިޔާސީ ކާޓޫނުތަކެއް ކުރަހަމުން އައިސް އެންމެ ފަހުން މިވަނީ ހައްދުން ނައްޓާފައެވެ. އަދަދު ނޫހުން މިފަހަރު ކުރަހާފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން މީހަކު ފައިސާ ވަގަށްނަގާ ގޮތަށް ހުރި ކާޓޫނެކެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލާގައި ވަރަށް ގިނަ ރައްޔިތުން ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބެލެވޭ ގޮތުގައި އަދަދު ނޫހުން މިފަދަ ޢަމަލެއް ހިންގާފައިމިވަނީ، އަލަށް އެކުލަވާލި މީޑިއާ ކޮމިޝަނުން އެ ނޫހާ ދެކޮޅަށް ފިޔަވަޅެއް އަޅާތޯއެވެ. ސަބަބަކީ މީޑިއާ ކޮމިޝަން އުފެއްދުމާ ދެކޮޅަށް އަދަދުނޫސް އިސްވެއޮވެ މުޒާހަރާކުރީ، އެ ކޮމިޝަންގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭނެކަމަށްބުނެއެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށްވެސް އެއްވެސް މީޑިއާއަކަށް ކޮމިޝަނުން އެއްވެސް ފިޔަވަޅެއްއަޅާފައި ނުވެއެވެ. އެހެންކަމުން އަދަދު ނޫހުން އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރީ ކޮމިޝަނުން ފިޔަވަޅެއް އަޅުވަން ވެގެން ކަމުގައި ގިނަބަޔަކު ބުނަމުންދެއެވެ.

އަދަދު ނޫހަކީ އަބަދުވެސް އެމްޑީޕީކޮޅަށް ވަރަށް ބޮޑަށް ބުރަވެގެން ނޫސްވެރިކަންކުރާ ނޫހެއްކަން އާންމު ރައްޔިތުން ފާހަގަކުރެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލުމަށްޓަކައި ވެސް އެމަނިކުފާނުގެ ޢާއިލީ މައްސަލަތަކެއްގެ ވާހަކަ ދޮގާއި ފިތުނަ އެކުލެވޭހެން ގެނެސްދީ އަދަދު ނޫހުންވަނީ އެންޓިކެމްޕޭނުވެސް ކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު