Wednesday, 9 September 2026
Ads by

މޮރިޝަސްއަށް ވުރެ ރާއްޖެއަށް ޗާގޯސް ދިނުން މާ އައުލާކަން ބޮޑު: ރައީސް މުޢިއްޒު

މޮރިޝަސްއަށް ވުރެ ރާއްޖެއަށް ޗާގޯސް ދިނުން މާ އައުލާކަން ބޮޑު: ރައީސް މުޢިއްޒު

މޮރިޝަސްއަށް ވުރެ ޗާގޯސް ދިނުން އެންމެ އައުލާކަން ބޮޑީ ރާއްޖެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިނގިރޭސިވިލާތުގެ ޓެބްލޮއިޑަކަށް ދިން އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ޗާގޯސް ލިބުން އެންމެ ޙައްޤުކަން ބޮޑީ ރާއްޖެއަށް ކަމަށާއި އެ ސަބަބުތައް އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ. ޖިއޮގްރަފީގެ ގޮތުންނާއި، ތާރީޚީ ގުޅުންތަކުގެ ގޮތުން އަދި ޤާނޫނީ ގޮތުން ބަލާއިރުވެސް، އެ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށްވުރެ ބޮޑަށް ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން ކިޔާނަމުން ނަމަ ފޯޅަވައްސަކީ ރާއްޖެއާ ތާރީޚީ ގޮތުން ގުޅުން އޮތް ތަނެއް ކަމަށާއި މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ޤބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ޙައްޤުވަނީ ދިވެހިރާއްޖެއަށް ކަމަށެވެ.

ރާއްޖޭގެ މި ހުށަހެޅުން ކާމިޔާބުވެއްޖެނަމަ، 2025 ވަނަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ސޮއިކުރި އެއްބަސްވުން ބާތިލުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އިނގިރޭސި ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ 35 ބިލިއަން އާއި 80 ބިލިއަން ފައުންޑާ ދެމެދުގެ ބޮޑު އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް އެކްސްޕްރެސް ކޯ ޔޫކޭ ނޫހުގައި ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން މި މައްސަލައިގެ އަސްލަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ އަދި ޗައިނާގެ ނުފޫޒު ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާ ޑިއޭގޯ ގާސިއާ މިލިޓަރީ ބޭހެވެ. އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވެފައިވާ އައު އެއްބަސްވުމުގެ ދަށުން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް، 99 އަހަރުގެ ކުލީގެ އެއްބަސްވުމެއްގެ ދަށުން ޑިއޭގޯ ގާސިއާގެ ކޮންޓްރޯލް އިނގިރޭސިވިލާތާއި އެމެރިކާއަށް އޮންނާނެއެވެ. މީގެ ބަދަލެއްގެ ގޮތުން، މިހާރު އިނގިރޭސިންގެ މިލްކުވެރިކަމުގައި އޮތް ބިމަށް ކުލީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ފައުންޑާ މޮރިޝަސްއަށް ދޭންޖެހޭނެއެވެ.

​ނަމަވެސް ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ގޮތުގައި، މިއީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި މައްސަލައެއް ނޫނެވެ. މިއީ ތާރީޚީ ޙަޤީޤަތްތަކާއި، އިންސާފާއި، އަދި ޒަމާންވީ ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ ސަމާލުކަމާ ގުޅޭ މައްސަލައެކެވެ. އެ ނޫހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ބަހުސްގެ ތެރެއަށް ވެދެވަޑައިގެން، ސްޓާމަރ އެ ޖަޒީރާތައް ދޫކޮށްލެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ޤައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް މީގެ ކުރިން ވެސް ރައީސް މުޢިްއްޒު ވިދާޅުވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި