Wednesday, 9 September 2026
Ads by

ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ހުޅުމާލޭ 3 ވަނަ ފިޔަވަހި

ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަން އެމަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ގައެވެ.

Ad Image
Ads by

މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލުން ބުނީ މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 98 އިންސައްތަ މަސައްކަތެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުވަނީ ބޮޑު 2 ޑްރެޖަރު ގެނެސްފައެވެ. ހުޅުމާލެ ފޭސް 3 ގެ އިތުރުން މި ޑްރެޖަރުން ގިރާވަރުފަޅު ހިއްކުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. އީއައިއޭ އާއި އެހެނިހެން ރަސްމީ ކަންތައްތައް ނިމުމާއެކު ގިރާވަރުގައި ބަންޑް ވޯލްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި ހުޅުމާލެ ބިން ހިއްކުން ނިމުމާއިއެކު ދެ ޑްރެޖަރުވެސް ބިން ހިއްކުން ފަށާނީ ގިރާވަރުފަޅުގައި ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި އެމަސައްކަތް 2 މަހާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލްއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ޑްރެޖަރުތައް ރާއްޖެ ގެނައުމަށް އެކުންފުނީން ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކާއިއެކު އެއްބަސްވުންތަކެއް ހަދައި އެ ޑްރެޖަރުތައް ރާއްޖެ އަންނާނެ ކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި