Wednesday, 9 September 2026
Ads by

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖޭން އިންޑިއާ ބަލިކޮށް، ޗެމްޕިއަނާ ދިމާލަށް!

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖޭން އިންޑިއާ ބަލިކޮށް، ޗެމްޕިއަނާ ދިމާލަށް!

ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ/ ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި، ވާދަވެރި އިންޑިއާ އާ ދެކޮޅަށް ކުޅެ މޮޅުވެއްޖެއެވެ.

Ad Image
Ads by

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާ ނުރައްކާކުރީ އިންޑިއާއިންނެވެ.

ފުރަތަމަ ހާފުގައި ރާއްޖެއިން ލަނޑުޖަހައި ލީޑުނެގިއިރު، ހާފުގެ 12 ވަނަ މިނެޓުގައި، ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން، އަބްދުﷲ ޝާއު (ޝާއްޕެ)، މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙަައްމަދު އިމްރާން (އިންމި) އެވެ.

ފުރަތަމަ ހާފުގައި ފަހަތުގައި މަޑުކޮށްގެން ޑިފެންސިވް ގޭމެއް ރާއްޖެއިން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ކުރިއަށް ޖެހި ރާއްޖެއިން ވަނީ ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހާފައެވެ.

އެގޮތުން ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި އިންޑިއާގެ ކީޕަރު ވެސް ބީޓުކޮށްލާފައި ޝާފިއު ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދީ ލީޑުފުޅާކުރިއިރު، އޭގެ ތިން މިނެޓެއްހާއިރު ފަހުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ހުޒެއިފަތު ރަޝީދު (ހުޒޭ) މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކަުން ޝަމާލް ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަނެއްކާ ވެސް އިމްރާނެވެ. މިއީ ހާފުގެ 15 ވަނަ މިނެޓުގައި، ޕަވާ ޕްލޭ އެއްގައި އިންޑިއާގެ ކުޅުންތެރިން ކުރިއަށް އަރާހުރި ވަގުތު، ޝާފިއު ބޯޅަ ހޯދުމަށްފަހު އިންމި އަށް ޖައްސާލުމުން، އަމިއްލަ ހާފުގައި ހުރެފައި އިމްރާން ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖެއިން މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ ވެސް، ޕަވާ ޕްލޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރިއަށް އެރި ވަގުތު ބޯޅަ ލިބުމުން، އަޙްމަދު ހަމީދު (އައްމަޑޭ) އަމިއްލަ ހާފުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ރާއްޖެއަށް މިވަނީ ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އުއްމީދު ވަރަށް ބޮޑުކޮށްފައެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރާއްޖެއިން ތާވަލުގެ އެއްވަނައިގައި އޮތީ ޖުމްލަ ނުވަ ޕޮއިންޓާއެކުއެވެ. ރާއްޖެއާ އެންމެ ކައިރިން ދެވަނައިގައި އޮތް ޕާކިސްތާނަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި