Wednesday, 9 September 2026
Ads by

ބީއެމްއެލް މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަން ސާބިތުވެއްޖެ

ބީއެމްއެލް މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަން ސާބިތުވެއްޖެ

ކަސްޓަމަރުންގެ އެކައުންޓުން ގިނަ ޢަދަދެއްގެ ފައިސާ ނެގިކަމަށް ބީއެމްއެލްގެ މުވައްޒަފަކު އިއުތިރާފްވެއްޖެއެވެ.

Ad Image
Ads by

ޚިޔާނާތްތެރިވުމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިން ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14 2021 އިން ސެޕްޓެމްބަރު 23 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގާފައިވާ ކަމަށެވެ.

އެގޮތުން 13 މީހެއްގެ އެކައުންޓުން ޖުމްލަ 48,2611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ޙުކުމްގައިވެއެވެ.

މާޒިން މި ޢަމަލުތައް ހިންގާފައިވަނީ ކަސްޓަމަރުންގެ ހުއްދަނެތި ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓަރީ ކޮށްގެންނެވެ. އަދި މާޒިން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިޢުތިރާފްވެ ޕީޖީ އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

ޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ.

އެހެންނަމަވެސް އިއުތިރާފްގެ އެއްބަސްވުމާއެކު ކޯޓުން މާޒިންގެ މައްޗަށް އިއްވާފައިވަނީ 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56200 ރުފިޔާއިން ޖޫރިމަނާކުރުމުގެ ޙުކުމެކެވެ. އަދި ޖޫރިމަނާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

އޭގެއިތުރުން ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ކޯޓުން އަންގާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ކަސްޓަމަރެއް
ކަސްޓަމަރެއް
1 އަހަރު ކުރިން

އެހެންވެގެން ބީ.އެމް.އެލް އައް އިތުބާރު ކަސްޓަމަރުން ނުކުރަނީ. އަބަދުވެސް ބީ.އެމް.އެލް ހުރިހާ އެންމެން އަބަދުވެސް ކިޔާ އެއްޗަކީ އެކައުންޓްގައި ހުންނަ ފައިސާ ގެެއްލުމުގައި ބޭންކް މުވައްޒަފުންގެ ބައިވެރިވުން އޮވެއޭ. ތިޔޮތީ ފަޅާ އަރާފައި. ދެން ބޭންކުން ގޮވާނީ ކޮން ކޮހެއްބާ!

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި