Sunday, 26 July 2026
Ads by

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ހިޔާނާތުގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

Ad Image
Ads by

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ ބުރާސްފަތި ދުވަހު ނެރުއްވި، ޕީއެސްއެމުން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާއި ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް ބުނެފައެވެ.

އަދި ފައިސާއާއި ބެހޭ ކަންކަމުގައި އިސްކޮށް އުޅުއްވި ވެރިންގެ އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާކަން ވެސް އެރިޕޯޓުގައި ވަނީ ފަޅާއަރުވާލާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2017 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށާއި އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެފަހުން ހަވާލުވިކަމަށް، ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރ ކަމަށެވެ.

އަދި 2024 ވަނަ އަހަރު ބަލައިގެންފައިވާ 31 ހާސް ރުފިޔާ ވެސް ބެންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑޮލަރު ގަތުމަށް ޖުމުލަ 5.79 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިއަން ރުފިޔާއަށްވާ 76 ހާސް ޑޮލަރު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ، ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ އޭސީސީއަށް ކަމަށްވާތީ ފުލުހުންގެ ފަރާތުން އޭސީސީއަށް މިހާރު އެ މައްސަލަ ހުށަހަޅާފައިވާނޭ ކަމަށެވެ.

ޕީއެސްއެމުން މިދިޔަ އެޕްރީލު މަހުގެ 30 ވަނަ ދުވަހު އޮޑިޓު ކޮށްދިނުމަށް އެދިފައިވަނީ އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބުމާއި ގުޅިގެންނެވެ.

މައްސަލައާ ގުޅިގެން ޕީއެސްއެމުން ލިބެންހުރި ލިޔުންތައް ބަލާ ދިރާސާކޮށް, އެތަނުގެ ކަމާ ގުޅޭ ފަރާތަކުން ވަނީ މައުލޫމާތު ސާފުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި