Wednesday, 9 September 2026
Ads by

ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހު 19 ގައި

ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ މަހު 19 ގައި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

Ad Image
Ads by

ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވީ މިއީ ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އިންތިހާބު ކަމަށެވެ.

މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުންނާއި ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެއެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއިން އިންތިހާބު ކުރެވޭނެއެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ އެންމެފަހު ސުންގަނޑިއެއް ގޮތުގައި އޮތީ 30 ސެޕްޓެމްބަރ. މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް.

– ޚަލީލު ވިދާޅުވިއެވެ.

އެ ވަގުތާ ހަމައަށް ޕާޓީގައި ދަފުތަރު ކުރެވޭ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. އަދި އެވަގުތާ ހަމައަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެކަމަށް ޚަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ވޯޓާސް ލިސްޓް އާންމުކުރާނީ އޮކްޓޫބަރު 4 ވަނަ ދުވަހުކަމަށާއި ޝަކުވާ ހުށަހަޅަން ހުޅުވާލާނީ އޮކްޓޫބަރ މަހުގެ 8 ވަނަ ދުވަހާ ހަމައަށަވެ. އަދި އެ ދުވަހު ދާއިމީ ލިސްޓް އާންމުކުރާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި