ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައި ފުލުހުން ޑްރަގް އޮޕަރޭޝަންތަކެއް މިއަދު ފަށައިފިއެވެ.
އެ އޮޕަރޭޝަން ހިންގަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓަލިޖެންސް އަދި ނޯތް ޕޮލިސް ގުޅިގެންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނެފައިވަނީ އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން މީޑިއާތަކާއި ހިއްސާކުރާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރި މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ރަށްތަކުގައި އާއި މާލެ ސަރަހައްދުތަކުގައި ދޭތެރެ ދޭތެރެއިން ފުލުހުން ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެއެވެ.












