Sunday, 25 October 2026
Ads by

ރޭސިން ޓްރެކެއް ތިލަފުށީގައި ތަރައްޤީކުރަނީ

ރޭސިން ޓްރެކެއް ތިލަފުށީގައި ތަރައްޤީކުރަނީ

ފޮޓޯ: މީސް މީޑިޔާ

ރޭސިންގ ޓްރެކެއް ތިލަފުށީގައި ތަރަޢްޤީކުރަން ނިންމައި އެކަމުގެ މަސައްކަތް ފަށާފައިވާކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިއްޔަ ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ޓްރެކެއް އެޅުމަށް ބޭނުންވާ ބިން ތިލަފުށިން ހޯދުމަށް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށެވެ.

ހުޅުމާލޭގައި ރޭސިން އާއި ޑްރިފްޓިންއަށް ދޫކުރި ބިން މިހާރު ބޭނުންކުރުން މަނާކޮށްފައިވާއިރު ސަލާމަތީގޮތުން ރައްކާތެރި ތަނަކަށް ރޭސިންގ ޓްރެކް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށާއި މިކަމުގައި ރޭސިން އެސޯސިއޭޝަން އާއި ޑްރިފްޓިން އެސޯސިއޭޝަން އާއެކު މަޝްވަރާކުރައްވައި އެކަމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ރޭސްޖެހުމަށް ދޫކޮށްފައިވާ ސަރަހައްދުގެ ހުއްދަ ބާތިލުކުރީ މާލެ އާއި ހުޅުމާލޭގައި ދުއްވާ ރޭސިން ކާރުތަކުގެ ސަބަބުން އާންމުންގެ ފުރާނައަށް ނުރައްކާވަމުންދިއުމުގެ ސަބަބުންނެވެ.

ރޭސިންގ ޓްރެކެއް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި