ސޯސަން މަގުގައި ހުންނަ ކެފޭގައި ހުރި ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި ދަައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގައެވެ.
ހެންވޭރު ދޫހިމެރިމަގައި ހުރި ”ގާމަގު“ ނަމަކަށް ކިޔާ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.












