Sunday, 26 July 2026
Ads by

ދިވެހީންގެ އެއްބައިވަންތަކަން އަނެއްކާވެސް ދައްކާލައިފި, ޓިކްޓޮކް ލައިވްއަކުން ޔާންބެއަށް 200,000 އަށްވުރެ ގިނަ ރުފިޔާ!

ދިވެހީންގެ އެއްބައިވަންތަކަން އަނެއްކާވެސް ދައްކާލައިފި, ޓިކްޓޮކް ލައިވްއަކުން ޔާންބެއަށް 200,000 އަށްވުރެ ގިނަ ރުފިޔާ!

ދެ ކިޑްނީ ފެއިލްވެފައިވާ މުހައްމަދު ޔާމީން (ޔާންބެ)ގެ ފަރުވާއަށް ދެ ގަޑިއިރު ތެރޭގައި އާންމުންގެ އެހީގެ ގޮތުގައި 200,000އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

Ad Image
Ads by

ޓިކްޓޮކްގައި މަޝްހޫރު ”ސްޓޭންގްމަސް“ ނުވަތަ އާންމު ނަމުންނަމަ ”ސުއާދު ޢަބްދުއްރަޙީމް(ޒިޕޯ)“ ގެ ލައިވްއިން ޔާންބެއަށް އެހީވުމަށް ފަންޑްރައިޒިން އިވެންޓެއް ބާއްވާފައިވަނީ މިރޭ 21:00 ހާއިރުއެވެ. 23:10ގައި އިވެންޓު ނިންމާލިއިރު 3700 އަށްވުރެ ގިނަ މީހުން ވަނީ ލައިވް ބަލާފައެވެ.

އެ ލައިވްގައި ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައި އެންމެ މަގްބޫލުކަން ހޯދާފައިވާ ފަރާތްތައް ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ޑީޖޭ ހަމްބެ, ވާވާ, ހުޝާންޓޭ, މުންކޮ, ޝިފާ, ފަޔާ, ތަކޭ,  އެމްޓީޕީ އަދި އަރަޓްސް ހިމެނެއެވެ.

އެ ލައިވްގެ އެހީގައި ދެގަޑިއިރު ތެރޭގައި ޔާންބެއަށް ވަނީ ޖުމްލަ 210,304 ރުފިޔާ ލިބިފައެވެ. އަދި 1382 ޑޮލަރު ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް ލައިވް ފަންޑްރައިޒް އަކުން މިހާ ބޮޑު އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ.

ޔާންބެ ބުނީ ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި އޭނާ ހުރިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށެވެ. އަދި މީގެ ކުރިން މި ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި، މައްސަލައެއް އުޅޭކަން އެނގުނީ ކުޑަކޮށް އުނދަގޫތަކެއް ވާތީ ހެދި ލޭގެ ޓެސްޓަކުން ކަމަށް ޔާންބެ ބުންޏެވެ.

ދެ ކިޑްނީ ވެސް ފެއިލްވެފައި ވުމުން ވަގުތުން ފަރުވާ ފެށި ކަން ފާހަގަކުރަމުން ޔާންބެ ބުނީ ޑޮކްޓަރުންގެ އިރުޝާދާ އެކު މިވަގުތު ފޯކަސް ހުުރީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ.

އެއީ ވަރަށް ހަރަދު ބޮޑު ފަރުވާއެއް ކަމުން އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށް ޔާންބެ ބުންޏެވެ.

ޔާންބެއަށް އެހީވުމަށް:

  •  7770000138064 ރުފިޔާ އެކައުންޓް
  • 7730000569416 ޑޮލަރު އެކައުންޓް

ޔާމްބެ ވަނީ ޖެހިޖެހިގެން ހަތަރު ފަހަރަށް މިސްޓަ މޯލްޑިވްސްގެ އެވޯޑު ހޯދައިފައެވެ. އެއީ 2017, 2021, 2022 އަދި 2023 ވަނަ އަހަރުއެވެ. 

ޔާމްބެއަކީ ބޮޑީބިލްޑިންގައި ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ބޮޑީބިލްޑަރެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ސުޕަ 90 ކިލޯގެ ކެޓަގަރީން ލޯ މެޑަލްއެއް ހޯދައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި