ހަލިމަގުން ހުޅުމާލެއަށް އަރާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ހަލިމަގު ކައިރީ އިންނަ ވިލާ ޕެޓްރޯލްޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެގެން އަންހެނަކާއި ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.













އިންސާނުންގެ ކަރާމާތް ކިސަޑުފެނުން ދުއްވާއެއްޗެހި ތާރު އެޅި މަގުން
..ޑިމޮކްރެސީ ދައްކަވާ ކަނޑުގެ ކޮޅުމަތި