Sunday, 26 July 2026
Ads by

މެރެތަންއަށް މާލެ އައި ޒުވާނާ ނިޔާވުމުންވެސް މެރެތަން ކުރިއަށް, އާންމުންގެ ކަންބޮޑުވުން!

މެރެތަންއަށް މާލެ އައި ޒުވާނާ ނިޔާވުމުންވެސް މެރެތަން ކުރިއަށް, އާންމުންގެ ކަންބޮޑުވުން!

ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި މެރެތަންގައި ބައިވެރިވުމަށް މާލެ އައި ހަސަން ސަމާހު ނިޔާވުމުންވެސް މެރެތަން ކުރިޔަށް ގެންދިޔުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ad Image
Ads by

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ދަންވަރު 2:48 ހާއިރުއެވެ. އެކްސިޑެންޓުގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ އެކު، އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މައުލޫމާތު ލިބޭ ގޮތުން އެ ޒުވާނާ މާލެ އައީ 3000-ޓީއެފްޖީގެ މެރެތަންއެއްގައި ބައިވެރިވުމަށެވެ. ޓީއެފްޖީން މީސްމީޑިއާގައި އާންމުކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ ސަމާހު ނިޔާވި ހިތާމަވެރި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އޭނާއަކީ ހިތްވަރުގަދަ ދުވުންތެރިއެއް ކަމަށާއި އޭނާގެ ނިޔާވުމުގެ އެކަމުގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

”ހިތާމައިގެ މި ދަނޑިވަޅުގައި، އޭނާގެ ޢާއިލާއަށާއި، ރައްޔިތުންނަށް ވަރަށް ތަޢުޒިޔާ ދަންނަވަން. ދިރިއުޅުމުގެ ނާޒުކުކަމާއި ހިތާމަވެރި ވަގުތުތަކުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން ހަނދާންކޮށްދޭ“ އެ މެސެޖްގައި ބުނެފައިވެއެވެ.

ޓީއެފްޖީން މި މެސެޖް އާންމުކުރި ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އެ މެރެތަން ވަނީ ކުރިޔަށްގެންގޮސްފައެވެ. މިކަމާއި ގުޅިގެން އާންމުން މީސް މީޑިއާގައި ނުރުހުންފާޅުކުރަމުންދާއިރު އާންމުން ކޮށްފައިވާ ބައެއް ކޮމެންޓުތައް ހިއްސާކޮށްލާނަމެވެ.

މީސް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ”މެރަތަންއަށް އައި ޒުވާނަކު މަރު، މެރަތަން ފޯރީގައި ކުރިއަށް. އިހްތިރާމުކުރުން މި މުުޖުތަމައުން މުޅިން ގެއްލުނީބާ!؟“

ފުރާނައަށްވުރެ ގެއްލޭ ފައިސާ އަގުބޮޑީ ކަމަށް ވެސް އާންމުންގެ ފަރާތަކުން ކޮމެންޓްކޮށްފައިވެއެވެ.

”އަހަރެމެން ކުޑައިރު ކިތަންމެ ބޮޑު އިވެންޓެއް ރޭވިފަ އޮތަން މީހަކު މަރުވެއްޖިއްޔާ އެކަމެއް ވަގުތުން ކެންސަލްވޭ. ބަޓް މިހާރު އެއީ މެޓާއެއް ކާލުން ހާ އީޒީ ކަމެއް“ އާންމުންގެ މީހަކު ކޮމެންޓް ކުރިއެެވެ.

 

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރެއްގެ ވަޒީފާގައި ހުރި ސަމާހު އަކީ އަބަދުވެސް ދުވުންތަކުގައި ބައިވެރިވާ މީހެކެވެ. ސަމާހުގެ ކަށުނަމާދު އޮތީ މިރޭ މަގްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި