Sunday, 26 July 2026
Ads by

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަ ކުރުމަށް އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަ ކުރުމަށް އަންގައިފި

ފޮޓޯ: މީސް މީޑިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.

Ad Image
Ads by

ޕީސީބީން އިއްޔަ އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބަޔާންކޮށްފައި ވަނީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޚަރަދުތައް ކުޑަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޕީސީބީން އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުތަކުގެ ޚަރަދުތައް ކުޑަކުރުމާއި މުވައްޒަފުންނަށް ކުރާ ހޭދަ ކުޑަ ކުރުން ހިމެނެއެވެ.

އެގޮތުން ދަތުރުތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި:

  • ކުންފުނިތަކުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުން
  • ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ސަޕްލަޔަރުންނާއި ކަސްޓަމަރުންނާ އޮންލައިންކޮށް ބައްދަލުވުން ބޭއްވުން
  • ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުން
  • ސްޕޮންސާ ލިބިގެން ކުރާ ދަތުރުތަކުގައި ވެސް ކުންފުނިތަކުން ކުރާ ހޭދަ ކުޑަކުރުން
  • ފެރީ ހިދުމަތް ލިބެން ހުރި ނަމަ ފެރީން ދަތުރު ކުރުން
  • ކުންފުނިތަކަށް ސީދާ ފައިދާވާ މަހާސިންތާތަކާއި ފެއާ ފަދަ ބައްދަލުވުންތައް ނޫން ގޮތަކަށް ބައިވެރިނުވުން

މުވައްޒަފުންގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި:

  • ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ ނުނެގުން
  • ފީސީބީގެ ހުއްދަ ނެތި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުން
  • މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރުން
  • ޑޮލަރުން މުސާރަ އާއި އިނާޔަތްތައް ދިނުން ހުއްޓާލުން
  • ތަމްރީނުތައް ހިންގުމަށް ވެސް އެ ކުންފުންޏެއްގެ ގާބިލް މުވައްޒަފުންގެ ބޭނުން ކުރުން

ޕީސީބީން ވަނީ ކަރަންޓް ބިލުގެ ހަރަދު ކުޑަކުރުމަށް ވީހާވެސް ކަރަންޓް ބިލް ކުޑަވާނެ ފަދައިން ކަންކަން ރޭވުމަށް ވެސް އަންގާފައެވެ.

ޕީސީބީން މިފިޔަވަޅުތައް އެޅުމަށް އަންގާފައި ވަނީ ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހިޖުރަ
ހިޖުރަ
1 އަހަރު ކުރިން

ދައުކަތުގެ ހަރަދު ކުޑަ ކުރަން ހަމަ އެކަނި އަސާސީ ހިދުމަތްދޭ ކުންފުނިތަކުގެ އޯޓީ ކަނޑާލުން ބޮޑުތަނުން ނޯ ބުނަން

Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި