Wednesday, 9 September 2026
Ads by

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސް އިފްތިތާހު ކޮށްދެއްވައިފި

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސް އިފްތިތާހު ކޮށްދެއްވައިފި

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

Ad Image
Ads by

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވާފައިވަނީ މިއަދު ކުރިއަށްދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސް އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ. އަދި އެއީ މެންބަރޝިޕް ކޮލެޖެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ ދިވެހި ބަހާއި ދިވެހި ތާރީޚާއި ދިވެހި ތަރިކަ އާއި ދިވެހި ސުމޭކާއި ދިވެހި ފަންނުގެ ދާއިރާއެވެ.

މިއަދު އިފްތިތާޙު ކުރެއްވި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ އިސްވާރުންނަކީ ދިވެހި ބަހުގެ އިސްވާރު މަރްޔަމް ތައުފީޤާއި ދިވެހި ތާރީހުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަހުމަދު ޝާކިރާއި ދިވެހި ތަރިކައިގެ އިސްވާރު ޙަސަން ޒަރީރާއި ދިވެހި ސުމޭކުގެ އިސްވާރު މުޙައްމަދު ޢަބްދުލްޤާދިރާއި ދިވެހި ފަންނުގެ އިސްވާރު މަރްޔަމް އިޝާ ޢަޒީޒެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމިއްޔަތު އިސްވަރު ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަން ހަވާލުކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި