Wednesday, 9 September 2026
Ads by

ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް އަނެއްކާވެސް 2 ބިދޭސީން ހައްޔަރުކޮށްފި

ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް އަނެއްކާވެސް 2 ބިދޭސީން ހައްޔަރުކޮށްފި

ކާބޯތަކެތި ތައްޔާރު ކުރާ ތަނެއް ރެއިޑްކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް އިމިގްރޭޝަނުން އިއްޔަ ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި އިމިގްރޭޗަނުން ބުނީ އިއްޔެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ދެތަން ބަލައި ފާސްކޮށްފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި ވިޔަފާރިއަށް ތައްޔާރުކުރަމުންދާކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މި އޮޕަރޭޗަނުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށާއި ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 02 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަވަނީ ބޮޑުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުން ހުރި އިދާރާއަކާއި ގުޅިގެން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިފަދައިން އުޅޭ ބިދޭސީން ހޯދުމަށް 211 އިމިގްރޭޝަން އޮފިސަރާއެކު އޮގަސްޓު 28 ވަނަ ދުވަހު ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގައި ސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީ ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވެއެވެ. އަދި ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު ހޯދާ، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ފާތުން
ފާތުން
2 އަހަރު ކުރިން

އައްޑޫއަށްވެސް ތީގެ ބަޔަކު ފޮނުވަބަލަ…ޕްރިންސެސްކެފޭގެ ހާލަތު ބަލާބަލަ..އެތާ ބަދިގެ ތެރެވެސް ވަރަށް ހަޑި.. ފާޑެއްގެ ޑީސެލެއް އަޅާފަ ޕާން، ބަނަސް ފިހަނީވެސް..

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި