Wednesday, 9 September 2026
Ads by

އަތުހަރުގެ މަރު: އާއިލާއިން ބުނަނީ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުން ފެންނަން ނެތް ކަމަށް

އަތުހަރުގެ މަރު: އާއިލާއިން ބުނަނީ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުން ފެންނަން ނެތް ކަމަށް

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރު މަރުވީ ދަންޖެހިގެން ލިބުނު އަނިޔާތަކުގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އާއިލާއިން ބުނެފިއެވެ.

Ad Image
Ads by

އަތުހަރު ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރުދައްކާފައިވަނީ އޭނާގެ ލޯބިވެރިޔާއަށެވެ. އަންހެން ކުއްޖާ ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތުގައި އަތްހަރުގައިގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އޭގެ ފަހުން ހާލު ގޯސްވެ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ އިއްޔެ އިރު އޮއްސި 7:02 ގައެވެ. އޭގެ ފަހުން ފަރުވާދެމުންދަނިކޮށް  އޭނާ މަރުވެފައިވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އަތުހަރުގެ ބޭބެ މުޙައްމަދު ތަސްމީން މިއަދު ބުނީ މީޑިއާތަކާއި ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް އެކަން ގަބޫލުނުކުރާ ކަމަށެވެ. އަދި އަޑުއިވެނީ ނާޑުވާއެއް ނުވަތަ ރަބަރުކޮޅެއް ބޭނުންކޮށްގެން ދަންޖެހުނުކަން ކަމަށާއި ނަމަވެސް ބެލި ބެލުމަށް ކަރުގައި ވެސް އެފަދަ އެއްޗަކުން ބަނދެފައިވާ ފަދަ ނިޝާނެއް ފެންނަން ނެތް ކަމަށް ތަސްމީން ބުންޏެވެ.

”މަރުވެފަ ދެން ސާފު ކުރި ފަހުން އަޅުގަނޑު ބަލާލިއިރު އަޅުގަނޑަކަށް ކަރަކުން އެއްވެސް ވަރަަކަށް ނުފެނޭ އެއްވެސް ނިޝާނެއް, ދަންޖެހިފަ ހުރިއްޔާ ހުންނާނެ އެއްވެސް ނިޝާނެއް, ރަތް އަރާފަ ނެތް. އަޅުގަނޑަކަށް އެއްވެސް ވަރަކަށް ނުފެނޭ ދަންޖެހިގެން މަރުވި ކަމުގެ ނިޝާނެއް“ ތަސްމީން ބުންޏެވެ.

ތަސްމީން ބުނީ ޕޯސްމޯޓަމް ހަދަން ވެސް އާއިލާއިން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށާއި  ބޭނުންވަނީ ވީއެންމެ އަވަހަކަށް ވަޅުލަން ކަމަށެވެ.

އަދި ޖަލުގައި ހުރެ ދަންޖެހިގެން މަރުވިކަމަށް ބުނާއިރު ދަންޖެހެން ބޭނުން ކުރި އާލާތްތަކާއި ސީސީޓީވީ ފޫޓޭޖް އާއިލާއާ ހިއްސާ ކުރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށާއި ނަމަވެސް އެކި ފަހަރު ފުލުހުން ދައްކަނީ އެކި ވާހަކަ ކަމަށް ތަސްމީން ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި