Tuesday, 28 July 2026
Ads by

އަންނަ ފެބުރުވަރީ މަހު އެމްއެންޔޫގެ ފުރަތަމަ މެރަތަން

އަންނަ ފެބުރުވަރީ މަހު އެމްއެންޔޫގެ ފުރަތަމަ މެރަތަން

އަހަރަކު އެއް ފަހަރު މެރަތަން އެއް ބާއްވަން ނިންމައި، ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީ މަހު ބާއްވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

Ad Image
Ads by

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ޔުނިވަރސިޓީއަކުން ބާއްވާ ފުރަތަމަ މެރަތަން އިފްތިތާޙްކޮށް ދެއްވީ ވައިސް ޗާންސެލަރު، ޑރ އައިޝަތު ޝެހެނާޒު އާދަމެވެ.

މެރަތަން އިފްތިތާޙުކޮށް ދެއްވައި ޑރ. ޝެހެނާޒު ވިދާޅުވީ، ޖިސްމާނީ ހަރަކާތް އަޅުގަނޑުމެންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމަށާއި އޭގެ ސަބަބުން ހަށިގަނޑު ހަރުދަނާވެ، ސިކުނޑިތައް ތޫނުވެ، އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމަށެވެ.

މެރަތަން ފަދަ ހަރަކަތްތަކުގެ ސަބަބުން އެމްއެންޔޫގެ ތަޞައްވުރާ އެއްގޮތަށް ރނގަޅު ދުޅަހެޔޮ އަދި މުޖްތަމައަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލްކަން ލިބިފައިވާ، އިޖްތިމާއީ ގޮތުން ޒިންމާދާރު ދަސްވެނިންތަކެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

އެމްއެންޔޫގެ މެރަތަން އިންތިޒާމް ކުރަނީ އެ ޔުނިވަރސިޓީގެ ވިޔަފާރި ކުންފުނި ”ޔުނިވިޔަ ހޯލްޑިން“ އިންނެވެ. އެކުންފުންޏަށް އެހީތެރި ވަނީ މެރަތަން ބޭއްވުމުގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓީއެފްޖީއެވެ.

މެރަތަން ބާއްވަނީ އަންނަ ފެބުރުއަރީ މަހުގެ 20 އަދި 21 ގައެވެ. 20 ވަނަ ދުވަހު ބާއްވަނީ ކިޑްސް ޑޭސްގެ ނަމުގައި 4 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ގެންދާ ފަން މެރަތަންއެކެވެ.

20 ވަނަ ދުވަހު މެރަތަން ފަށަނީ ދަންވަރު 2 ޖަހާއިރުއެވެ. މެރަތަންގައި ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ މެރަތަން އާއި ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް 3000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާ ދެމެދުގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_6726
ނ. އަތޮޅުގެ ސަރުކާރު އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
e7f10169-da01-46fd-b146-3c8c188fa080
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ އާ ޖާގައެއް ހުޅުވައިފި
IMG_6708
ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުބުރުގެ ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތް އާރްޑީސީން ބާރަށް ކުރިއަށް
20260728_162101
އީރާނާއެކު "ފުން މަޝްވަރާތަކެއް" ކުރިއަށް އެބަދޭ، ނަމަވެސް ވަގުތު ކުޑަތަންވެއްޖެ: ޓްރަމްޕު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
20260724_192202
އެމެރިކާއިން 13 ވަނަ ރެޔަށް އީރާނަށް ބޮންއެޅުން: ދުވަހަކުވެސް ނުދޭފަދަ "ބޮޑު ޙަމަލާއެއް" ދޭންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
dhivehi dr
އައިޖީއެމްއެޗާއި ދަރުމަވަންތައަށް މިއަހަރު އަލަށް 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
20260724_192202
އެމެރިކާއިން 13 ވަނަ ރެޔަށް އީރާނަށް ބޮންއެޅުން: ދުވަހަކުވެސް ނުދޭފަދަ "ބޮޑު ޙަމަލާއެއް" ދޭންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
dhivehi dr
އައިޖީއެމްއެޗާއި ދަރުމަވަންތައަށް މިއަހަރު އަލަށް 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ