ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 3,000އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ. އަދި މި ވެރިކަމުގައި މިހާތަނަށް 257 ތަނެއް ރެއިޑްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއްވެސް ތަޢާރަފްކޮށްފައެވެ.
މި މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓުވައި އެކަމުގައި ޝާމިލްވާ ބިދޭސީން ޑީޕޯޓްކުރަމުންނެވެ.













