ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވަގަށް ނެގި ދެ ލެޕްޓޮޕް ހޯދައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ ބިލަބޮންގް ސްކޫލުން ވައްކަންކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެތަކެތި ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ދެނެގަނެ, ފުލުހުން ކުރި މަސައްކަތުން ވަގަށް ނެގި ދެ ލެޕްޓޮޕް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ލެޕްޓޮޕްތައް ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.













