Tuesday, 17 November 2026
Ads by

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހައި ހިސާބަށް ދިޔައީ އެމްޑީޕީން ލޯނު ނަގައި، ފައިސާ ޗާޕު ކުރުމުން: ރައީސް

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހައި ހިސާބަށް ދިޔައީ އެމްޑީޕީން ލޯނު ނަގައި، ފައިސާ ޗާޕު ކުރުމުން: ރައީސް

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހައި ހިސާބަށް ދިޔައީ ކުރިން ވެރިކަން ކުރި، އެމްޑީޕީން ލޯނު ނަގައި، ފައިސާ ޗާޕު ކުރުމުން ކަމުގައި ރައީސް ޑރ. މުޙައްމަަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕްކުރިކަމަށް ވިދާޅުވެފައެވެ. އަދި އެ ވެރިކަން ނިމުނުއިރު، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހިފައިވާ ބިލްތައް އެތައް މިލިއަނަށް އަރާފައިވާ ކަމަށެވެ. އެ ބިލުތަކަށް ފައިސާ ނުދީ އިސްރާފުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފައިސާއިން ވައްކަންކޮށް، އިސްރާފް ކޮށްފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަށް ވެސް ފަސޭހަގޮތް ފަސޭހަ ކަމަށާއި އެކަމަކު މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުނުކޮށް މެނޭޖް ކުރުމަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް ސަރުކާރުގެ މި ނިންމުމަށް މަރުޙަބާކިޔާފައިވާކަން ވަނީ ހަނދާން ކޮށްދެއްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފޮރިން ރިޒަރވް ރަނގަޅުކޮށް، ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލުތައް ގެންނަވާނެ ކަަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލްތައް ދައްކާ އެ ފައިސާ ދިނުމުގެ މަސައްކަތްތައް ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި