Saturday, 24 October 2026
Ads by

އެމްޑީޕީން މަސައްކަތް ކުރީ މާލީ ބަޣާވާތެއް ގެންނަން: މިނިސްޓަރ ޝިޔާމް

އެމްޑީޕީން މަސައްކަތް ކުރީ މާލީ ބަޣާވާތެއް ގެންނަން: މިނިސްޓަރ ޝިޔާމް

އިދިކޮޅު އެމްޑީޕީން މި ދިޔަ އާދިއްތަ ދުވަހު ގެންނަން އުޅުނު މާލީ ބަގާވާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޭލްކޮށްލައްވައިފި ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ, ބީއެމްއެލުން ދިވެހި ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭގޮތަށް ހެދި ހެދުމަކީ އެމްޑީޕީން އަޑީގައި ތިބެ ހިންގަން އުޅުނު މާލީ ބަޣާވާތެއް ކަމަށެވެ.

އަދި ބީއެމްއެލްގެ ވެރިން ވެސް އެތިއްބެވީ އެމްޑީޕީން ހިންގަން އުޅުނު މާލީ ބަޣާވާތުގައި ބައިވެރިވެގެން ކަމަށާއި އެހެންކަމުން އެބޭފުޅުން އިސްތިއުފާދިނުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ. ހާއްސަކޮށް ބީއެމްއެލްގެ ސީއީއޯ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

ގައުމީ ބޭންކުން (ބީއެމްއެލް) އިން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސްގައި އެ ވާހަކަ ދައްކަން، އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް

– މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެކަަމަކު އެ ބަގާވާތެއް ނުގެނެވުނު ސަބަބަކީ އެމްޑީޕީއަށް ރައީސް މުއިއްޒުގެ ހިކުމަތްތެރިކަން އެނގިފައި ނެތުން ކަމަށެވެ. އަދި ރައީސް އަކީ ކަންކަމާއި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަންވެސް އެމްޑީޕީއަށް އެނގިފައި ނެތުން ކަމަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި