Sunday, 26 July 2026
Ads by

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮއްފި

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮއްފި

މިއަދު ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

Ad Image
Ads by

މި އެއްބަސްވުމުގެ ދަށުން ފެށޭ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް(ސާރެޕް) މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ވިދާޅުވީ ހަކަތަ ރައްކާތެރިކަން އިތުރުކޮށް، ހަކަތައިގެ ކުރިއަރާފައިވާ ހައްލުތައް ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވާފައިވެއެވެ. ޔޫއެސްއެއިޑްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ހަކަތައާ ގުޅޭ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގައި މިފަދަ ޕާޓްނަޝިޕްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޔޫއެސްއޭއިޑްގެ ބިއުރޯ ފޯ އޭޝިއާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މިސްޓަރ މައިކަލް ޝިފަރ ވަނީ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައެވެ.

މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މަގުފަހިކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ހަރަކާތުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީ) ހިމެނޭ ގޮތަށް އެކި މިނިސްޓްރީތަކާއި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި