Saturday, 17 October 2026
Ads by

މުޑުދާރުތަނެއްގައި ބިދޭސީ ތައްޔާރުކޮށް ވިއްކަނީ ތެލުލިފަތާއި އަތުޖެހި

މުޑުދާރުތަނެއްގައި ބިދޭސީ ތައްޔާރުކޮށް ވިއްކަނީ ތެލުލިފަތާއި އަތުޖެހި

އިމިގްރޭޝަނުން އާންމު ކުރި ފޮޓޯ...

މުޑުދާރުތަނެއްގައި ބިދޭސީތަކެއް ކާބޯތަކެތި ތައްޔާރުކޮށް  ވިއްކަމުން ދިޔައީ ތެލުލިފަތާއި އަތުޖެހި އަދި ކުދިގުޅަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

Ad Image
Ads by

އިމިގްރޭޝަނުން މިގޮތަށް ހާމަކޮށްފައިވަނީ މިއަދި އެކްސްގައި ފޮޓޯތަކަކާއެކު ކުރި ޕޯސްޓެއްގައިއެވެ. އެޕޮޓޯތަކުން ފެނިގެންދަނީ ތެލުލިފަތްތާއި ކުދިގުޅަ އާއި އަތުޖެހީގެ އިތުރުން ހެލެބެލި ހުތް އަދި ފޮނި ފޯއް ތައްޔާރުކޮށްފައި ހުންނަ މަންޒަރެވެ.

އިމިގްރޭޝަނުން ބުނީ އަންގާރަ ދުވަހު އިމިގްރޭޝަން ވޮޗްއަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ ރެއިޑުގައި ގިނަ އަދަދަކަށް އާއްމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާކަމަށެވެ.

އިމިގްރޭޝަނުން އާންމު ކުރި ފޮޓޯ…

މިތަކެތި ތައްޔާރުކުރަމުންދިޔައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންނަށްވާއިރު، މިބާވަތްތައް ތައްޔާރުކުރަމުންދިޔައީ ދިރިނޫޅެވޭވަރަށް ބާވެ ވީރާނާވެފައިވާ ގެއެއްގައިކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ 3 ބިދޭސީން ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އެހެން ނަމަވެސް  ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ފަދަ ކަމާ ބެހޭ އިދާރާތަކުން ގަވާއިދުން ޒިޔާރަތްކޮށް، ސާފުތާހިރުކަން ހުރި މިންވަރު ބަލައި ދެނެނުގަންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމިގްރޭޝަނުން އާންމު ކުރި ފޮޓޯ…

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ހާއްސަ އޯޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލާ ޑީޕޯޓު ކުރަމުން ދާއިރު، މިހާތަނަށް 2،000އަށް ވުރެ ގިނަ ބިދޭސިން ވަނީ ރާއްޖެއިން ފޮނުވާލައިފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް ’އިމިގްރޭޝަން ވޮޗު‘ އެޕް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި