Wednesday, 9 September 2026
Ads by

ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

Ad Image
Ads by

އިމިގްރޭޝަނުން މިއަދު ބުނީ، މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު ގެއެއް ބަލައި ފާސްކޮށް، ގަވާއިދާޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާއިރު، މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށެވެ.

މި ރެއިޑްގެ މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ކައްކާ ތަނެއް ފެނެއެވެ. އަދި އެތަނުގައި އާންމުކޮށް ދިވެހިން ސައިބޯން ބޭނުން ކުރާ ކުދި ގުޅަ، އަތުޖެހި، ތެލުލިފަތް، ކިއްލި ފަދަ ތަކެތި ތައްޔާރުކޮށް ޕެކެޓްތަކަށް އަޅައި ބަންދުކޮށްފައިވާ މަންޒަރު ފެނެއެވެ.

މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ”އިމިގްރޭޝަން ވޮޗް“ އަށް ރިޕޯޓު ކުރާ ތަންތަން ބަލައި އެތަނުގައި ގަވާއިދާޚިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަނެފައެވެ. އަދި މިފަދަ ތަންތަނުގެ ފޮޓޯތައްވެސް ހިއްސާކުރުރަމުން ދާއިރު ގިނަ އަދަދެއްގެ ބަޔަކަށް ކެއުން ތައްޔާރުކުރާ ތަންތަނުގެ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމަށް ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރުކުރާ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގަވާއިދާޚިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ހިންގި ރެއިޑްތަކުގެ އަދަދު މިއަދާ ހަމައަށް 200 އަށްވުރެ މައްޗަށް އަރައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި