Sunday, 26 July 2026
Ads by

ފްލެޓްތަކަށް ގަވާއިދުން ފައިސާ ނުދައްްކާ މީހުންނާއި، ކުއްޔަށް ދޭ މީހުންނަށް ފިޔަވަޅު އަޅާނަން: ހައުސިންގ މިނިސްޓްރީ

ފްލެޓްތަކަށް ގަވާއިދުން ފައިސާ ނުދައްްކާ މީހުންނާއި، ކުއްޔަށް ދޭ މީހުންނަށް ފިޔަވަޅު އަޅާނަން: ހައުސިންގ މިނިސްޓްރީ

ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި، ކުއްޔަށް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެ މިނިސްޓްރީން ރޭ ނެރެއްވި ބަޔާނެއްގައި ވިދާޅުވީ ހައުސިންގ ޔުނިޓުތަކުގެ މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ނުވަތަ، އީއެމްއައިއިން 20 އިންސައްތަ މާފުކޮށްދީފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފައިސާ ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ނުދައްކާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓު ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނެއުމުގެ އިތުރުން ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

”މިގޮތަށް ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާއި މެދު އެއްބަސްވުމާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.“ އެ ބަޔާނުގައިވެއެވެ.

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް ގަވާއިދުން ފައިސާ ނުދައްކާ މައްސަލައަކީ އަބަދުވެސް ފާހަގަކުރެވެމުންދާ މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ މަހު ކުލި 3330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށްވެސް ނިންމެވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި