Saturday, 24 October 2026
Ads by

ސްޓެލްކޯއިން އިންޖީނުގެތަކުގެ މެނޭޖަރުންނަށް މަހާސިންތާއެއް

ސްޓެލްކޯއިން އިންޖީނުގެތަކުގެ މެނޭޖަރުންނަށް މަހާސިންތާއެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

Ad Image
Ads by

ސްޓެލްކޯއިން ބުނީ ”ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް“ ގެ ނަމުގައި މި ހަފުތާގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި މަހާސިންތާގައި އެ ކުންފުނީގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ ”ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް“ އިފުތިތާހު ކޮށްދެއްވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި 351 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފުތިތާހު ކޮށްދެއްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމުގައެވެ. މި ފޮތުގައި ސްޓެލްކޯގެ ހިދުމަތުގެ ތާރީހާއި ތަސައްވުރާއި އަމާޒުގެ އިތުރުން އިންޖީނުގެތަކުގެ އޮނިގަނޑާއި އިންޖީނުގެތަކުގެ މަސައްކަތްތަކާއި ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ކުންފުންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފިކުރަކީ ގައުމީ އެއް ފިކުރަކަށްވާން ޖެހޭނެ ކަމަށާއި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާ އެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސްޓެލްކޯއަކީ ވަސީލަތްތަކާއި މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި ގާބިލު ކަމަށް ބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއްކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުން ވެސް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެ މަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި މުވައްޒަފުންނާ ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށް ވުރެ ކުރިއަރައިދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

މި މަހާސިންތާގައި ލީޑަޝިޕް ސްކިލްސް ދަސްކޮށްދިނުމާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާ އެކު އަވަސް ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި