Saturday, 28 November 2026
Ads by

ތިނަދޫ، ވަށަފަރު އަދި ހުޅުދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ތިނަދޫ، ވަށަފަރު އަދި ހުޅުދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރާއްޖޭގެ ތިން ރަށެއްގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ހަތަރު މަގާމަކަށް މީހުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

މި ފަހަރުގެ ބައި-އިލެކްޝަންގައި މީހުން ހޮވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށެވެ. މީގެ އިތުރުން، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށްވެސް މިއަދުގެ ވޯޓުން މީހުން އިންތިހާބު ކުރާނެއެވެ.

މި ހަތަރު މަގާމަށް ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށާއި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެހެން ނަމަވެސް، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް ޕީއެންސީގެ ކެންޑިޑޭޓަކާ ވާދަކުރަނީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓެކެވެ. އަދި ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކުރަނީވެސް އަމިއްލަ ކެންޑިޑޭޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 3،776 މީހުންނަށެވެ. އެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްޓަކައި މާލޭގައި ފަސް ވޯޓުފޮށި އަދި އަތޮޅުތެރޭގައި ފަސް ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

އިންތިހާބުގެ އިދާރީ ކަންކަމާއި ވޯޓުލުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމުގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދު ބާއްވާ މި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_md_202611280916001795839360
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
photo_2026-11-28_07-24-05
10 މިލިއަން ޑޮލަރުގެ އެޑްވާންސާއެކު ނެރުނު ބައިޑެންގެ ފޮތް ފެއިލްވެ، ބޮޑެތި ފާޑުކިޔުންތަކެއް
Bailaley
ކާނަލް ރިޓަޔަރޑް ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
muizzu rayyithunge adu33
ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުން ގެއްލިދާތީ، ޓީޗަރަކު ރައީސް މުޢިއްޒަށް ސީރިއަސް ކަންބޮޑުވުންތަކެއް ހުށަހަޅައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި