10 މިލިއަން ޑޮލަރުގެ ބޮޑު އެޑްވާންސް ފައިސާއަކާއެކު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އަލަށް ނެރުނު މެމޮއާ ނުވަތަ ހަނދާނީ ފޮތް ކަމަށްވާ ”ޕްރޮމިސް މީ، އެމެރިކާ“ ވިކުމުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، ފޮތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުން އެ ފޮތް ނެރުނު ފުރަތަމަ ހަފްތާގައި ވިކިފައިވަނީ އެންމެ 21،000 ކޮޕީއެވެ.
މި މަހުގެ 17 ވަނަ ދުވަހު ނެރުނު 480 ސަފުހާގެ މި ފޮތް ދިރާސާކުރާ ފަރާތްތަކުން ވަނީ ފޮތުގެ ފެންވަރާ މެދު ސުވާލު އުފައްދައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، ފޮތުގައި ހަގީގަތާ ޚިލާފު ކުށް މައުލޫމާތުތަކެއް ހިމެނޭ ކަމަށާއި، އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނާލުމާއި ތެދުވެރިކަމާއެކު ކަންކަން ވަޒަންކޮށްފައިވާ މިންވަރު ކުޑަކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، ބައިޑެންގެ އާއިލާގެ މީހުންނާއި އޭނާގެ ކުރީގެ އެހީތެރިން ނެރެފައިވާ އެހެން ފޮތްތަކަށް ވެސް އެދެވޭ ތަރުހީބެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑެންއާއި، ހަންޓާ ބައިޑެން އަދި ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން-ޕިއޭރު ލިޔުނު ފޮތްތައް ވިއްކުމުގައި ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މަހުގެ 17 ވަނަ ދުވަހު ނެރުނު 480 ސަފުހާގެ މި ފޮތުގައި ބައިޑެންގެ ސިޔާސީ ހަޔާތާއި ވެރިކަމުގެ ތަޖުރިބާތައް ހިމަނާފައިވާއިރު، މި ފޮތް ލިޔުމަށް އޭނާއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެޑްވާންސް ފައިސާއެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.














