Saturday, 28 November 2026
Ads by

ބޯހިޔާވަހިކަން ސިޔާސީ ނުކުރާނަން: ރައީސް

ބޯހިޔާވަހިކަން ސިޔާސީ ނުކުރާނަން: ރައީސް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކަންކަމަށް ނުބައްލަވާނެ ކަމަށާއި، އެކަން ސިޔާސީ ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

ރައީސް މިހެން ވިދާޅުވީ، ރައްޔިތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގައި ބޯހިޔާވަހިކަމުގެ ދަތި ހާލަތު ހިއްސާކުރި އާންމު ރައްޔިތަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ރައްޔިތުމީހާގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ވަނުމާއި ސިޔާސީ ފިކުރަކަށް ބެލުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ވެސް އެގޮތަށް ދެކެވަޑައިނުގެންނެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

”އަޅުގަނޑު މަސައްކަތް ކޮށްދޭނީ އެއްވެސް ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކީގަ، ތި ވިދާޅުވި ކަހަލަ ނިކަމެތި ހާލަތްތަކަށް ޙައްލު ގެނެސްދޭން،“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެންމެ ނިކަމެތި ހާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރުވެސް އުސޫލުތަކެއް ކަނޑައެޅިފައި އެބައޮތެވެ. އަދި އިރާދަކުރެއްވިއްޔާ އެ އުސޫލުތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ވަކި ފަރާތަކަށް ޖެހުމެއް ނެތި، ހަގީގަތުގައިވެސް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މި ޕްރޮގްރާމުގައި ތަކުރާރުކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ކަބަލުން
ކަބަލުން
29 މިނެޓް ކުރިން

ސިޔާސީ ނުކުރާނޭބުނީމަ ކިހިނެއް ގަބޫލުކުރާނީ މިފަހަރު ބިބުނު ފުލެޓު ވެސް ދަމާގަތީ 4 ދަރިން ނާ ބުނީނަމަ ބަން ގާޅު ފޮށް ޓަކާއޮށްވަ !!!!!!!!!

Ads by
ފަހުގެ ޚަބަރު
img_md_202611280916001795839360
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
photo_2026-11-28_07-24-05
10 މިލިއަން ޑޮލަރުގެ އެޑްވާންސާއެކު ނެރުނު ބައިޑެންގެ ފޮތް ފެއިލްވެ، ބޮޑެތި ފާޑުކިޔުންތަކެއް
Bailaley
ކާނަލް ރިޓަޔަރޑް ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
muizzu rayyithunge adu33
ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުން ގެއްލިދާތީ، ޓީޗަރަކު ރައީސް މުޢިއްޒަށް ސީރިއަސް ކަންބޮޑުވުންތަކެއް ހުށަހަޅައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި