Friday, 27 November 2026
Ads by

ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް

ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް

ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ބަނދަރުހިޔާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ވާހަކަފުޅު ދައްކަވަނީ --

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ބަނދަރުހިޔާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޙާލަތު ބަދަލުވެ، ޤައުމު ކުރިއަރައިދާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖެ މިހާރު އޮތް ހަރުފަތުން އިތުރު ކުރިއެރުމަކަށް ގެންދެވޭނީ ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ބިޔަ ބޮޑެތި މަޝްރޫޢުތަކާ އެކުގައި ކަމަށާއި، ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މުހިންމު މަސައްކަތްޕުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެންމެންގެ ވެސް އެންމެ ބޮޑު އަމާޒަކީ ތަރައްޤީވެފައިވާ ޤައުމެއް ބިނާކުރުން ކަމަށާއި، ވޭތުވެދިޔަ ތަނުގައި ވެސް ވެރިން އެ މަގަށް މަސައްކަތްޕުޅު ކުރައްވާފައިވީ ނަމަވެސް ވިސްނުމާއި ގޮތްތަކުގައި ތަފާތުތައް ހުރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް އިތުރު ނަފާ ހޯދައިދީ، އިޤްތިޞާދު ސިންދިފާތުކުރުމަށްޓަކައި ޤާނޫނުތަކަށް ބަދަލު ގެނެސްގެން ބޮޑެތި މަޝްރޫޢުތައް ހިންގަން ކުރިން ވެސް މަސައްކަތްކުރި ނަމަވެސް، އޭރުވެސް އަދި މިހާރުވެސް އެފަދަ ކަންކަމަށް ހުރަސްއަޅަން މުޖުތަމަޢުގެ ތެރޭގައި ބަޔަކު މަސައްކަތްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އޮތް ހަރުފަތުން އާ ހަރުފަތަކަށް ވާސިލުވެވޭނީ ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް ގެނެސްގެން ކަމަށާއި، ހަމައެކަނި ވާހަކަ ދައްކާލަދައްކާލައި ތިބުމުގެ ބަދަލުގައި ރައީސް ޑރ. މުޢިއްޒު ނިންމެވީ އެހެން ހަރުފަތަކަށް ދިއުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ކެރުންތެރި ވިސްނުންފުޅަށް އަލިއަޅުއްވާލައްވަމުން، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެނައި ބަދަލު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ނިންމަވާ އެއްވެސް ނިންމެވުމަކުން ދިވެހި ފަސްގަނޑަށް ދެރައެއް ނުވަތަ އިސްލާމްދީނަށް ނިކަމެތިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

ރަސްމާލޭގެ މަސައްކަތާއި އެ ތަނަށް ގެންނަ ތަރައްޤީގެ ފައިދާއާއި ލާބަ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ސަރުކާރުން މި މަޝްރޫޢުތައް ކުރިއަށް ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި