ރިނބުދޫގެ ފެރީ ޓާމިނަލް ”ބަނދަރުހިޔާ“ ނައިބު ރައީސް ހުޅުއްވައިދެއްވައިފިއެވެ.
ދ. ރިނބުދޫގެ ބަނދަރު ސަރަޙައްދުގައި އަލަށް ޢިމާރާތްކޮށްފައިވާ ފެރީ ޓާމިނަލް، ”ބަނދަރުހިޔާ“ ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު މިއަދު އެ ރަށަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ވަނީ ރައްޔިތުން މަރުޙަބާ ދަންނަވާފައެވެ.
ނައިބު ރައީސް ރިނބުދުއަށް ވަޑައިގަތުމުން، ރަށު ކައުންސިލާއި ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ”ބަނދަރުހިޔާ“ އަކީ ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޤާއިމުކުރެވުނު ތަނެކެވެ.
ރިނބުދޫ ކައުންސިލުގެ އިސްނެންގެވުމަށް ތަރައްޤީކޮށްފައިވާ މި ފެރީ ޓާމިނަލަކީ އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.










