Friday, 27 November 2026
Ads by

އެމެރިކާއިން ކެންޔާގައި ގާއިމުކުރާ އިބޯލާ ކަރަންޓީނު މަރުކަޒަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކޯޓުން ހުކުމްކޮށްފި

އެމެރިކާއިން ކެންޔާގައި ގާއިމުކުރާ އިބޯލާ ކަރަންޓީނު މަރުކަޒަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކޯޓުން ހުކުމްކޮށްފި

ކެންޔާގެ ވެރިރަށް ނައިރޯބީ ކައިރީގައި އޮންނަ ލައިކީޕިއާ އެއާބޭސްގައި އެމެރިކާއިން ގާއިމުކޮށްފައިވާ އިބޯލާ ކަރަންޓީނު މަރުކަޒުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާތީ، އެކަމާ ދެކޮޅަށް އެތައް އިހުތިޖާޖުތަކެއް ވަނީ ކޮށްފައެވެ. [ފޮޓޯ: ލުއިސް ޓާޓޯ/ އޭއެފްޕީ]

ކެންޔާގެ އަސްކަރީ ވައިގެ މަރުކަޒެއްގައި އެމެރިކާގެ އެހީގައި އިބޯލާ ބައްޔަށް ޚާއްސަ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކެންޔާގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ޕެޓްރީޝިއާ ނިޔައުންޑީ ބުރާސްފަތި ދުވަހު ކުރެއްވި ހުކުމުގައި ވިދާޅުވީ، ކެންޔާގެ މެދުތެރޭގައި އޮންނަ ނަންޔުކީ ސަރަހައްދުގައި މި މަރުކަޒު ހެދުމަށް އެމެރިކާއެކު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ސަރުކާރުން ހާމަކުރަންޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދަންޖެހޭނެ ކަމަށާއި، މި ޝަރުތުތައް ފުރިހަމަކޮށް، އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރަންދެން އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފަނޑިޔާރު ނިޔައުންޑީ ވިދާޅުވީ، މި މައްސަލައިގައި ކޯޓަށް ދިޔަ ފަރާތްތަކާއި ލައިކީޕިއާ ކައުންޓީގެ ރައްޔިތުން ތިބީ ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ބޭރުގައި، އެތެރޭގައި ހިނގަނީ ކީއްތޯ ނޭނގި ބަލަން ކަމަށެވެ. އަދި އެ މީހުންގެ މުޖުތަމައުއަށް އަސަރުކުރާނެ މުހިންމު ނިންމުންތަކެއް ނިންމައި ތަންފީޒު ކުރަމުންދާކަން އެނގޭއިރު ވެސް، އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށް، ބަސްބުނުމުގެ ފުރުސަތު ރައްޔިތުންނަށް ދީފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަންޔުކީ ކައިރީގައި އޮންނަ ލައިކީޕިއާ އެއާބޭސްގައި ގާއިމުކުރި 50 އެނދުގެ މި ފެސިލިޓީއަކީ އެމެރިކާގެ ރައްޔިތުން ހިމެނޭހެން އިބޯލާއަށް ހުށަހެޅޭ މީހުން ކަރަންޓީނު ކުރުމަށް ހަދާފައިވާ ތަނެކެވެ. އެގޮތުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި އިބޯލާ ފެތުރުމާ ގުޅިގެން އެހީތެރިވާން ދިޔަ އެމެރިކާގެ ހަތް އެހީތެރިއަކު މިދިޔަ ޖުލައި މަހު މި މަރުކަޒުގައި ކަރަންޓީނުކޮށްފައިވެއެވެ.

މި މަރުކަޒާ ދެކޮޅަށް ކެންޔާގެ އާންމުން ދަނީ ވަރުގަދަ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އާންމުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން މަސައްކަތް ކުރަނީ އިބޯލާގެ ނުރައްކާ ކެންޔާގެ ރައްޔިތުންގެ ބޮލަށް އަޅުވާށެވެ. މި މަރުކަޒާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގެ ތެރެއިން ޖޫން މަހު ފުލުހުން ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، އޭގެ ކުރީ ހަފުތާގައި ކުރި ވަރުގަދަ މުޒާހަރާތަކެއްގެ ތެރެއިން ދެ މީހަކު މަރުވެ އެކަކު ޒަޚަމްވެފައިވެއެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ވެސް ހައިކޯޓުން ވަނީ މި ތަނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވާފައެވެ. ނަމަވެސް އެ އަމުރާ އެއްގޮތަށް ހެލްތު މިނިސްޓަރު އަދެން ދުއާލޭ އަމަލުކުރައްވާފައި ނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، ފަހުން ދުއާލޭ ވަނީ އެ ސައިޓުގެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަމުރުކުރައްވާފައިވާ ކަމަށް ކޯޓުގައި ވިދާޅުވެފައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ކެންޔާއިން ވަނީ ޔޫގެންޑާ މަގުން ޑީއާރުސީން އައި މީހެއްގެ ގައިން ”ބުންޑިބުގްޔޯ“ ވައްތަރުގެ އިބޯލާ ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްފައެވެ. ނޮވެމްބަރުގެ މެދަކާ ހަމައަށް އެ ގައުމުން އިބޯލާ ޖެހިގެން ދެ މީހުން މަރުވެފައިވާއިރު، އިތުރު ހަތް މީހަކަށް ބަލިޖެހި، ފަހުން އެ އެންމެން ވަނީ ރަނގަޅުވެފައެވެ. އަދި އޮކްޓޯބަރު 19 ގެ ފަހުން އައު ކޭހެއް ފެނިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މެއި މަހުގެ 17 ގައި ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅި މި ބަލީގެ ”ބުންޑިބުގްޔޯ“ ވޭރިއަންޓަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ހައިކޯޓުން ބުރާސްފަތި ދުވަހު ނެރުނު މި ހުކުމާ ގުޅިގެން ކެންޔާގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި