Friday, 27 November 2026
Ads by

ވީއައިއޭ މުވައްޒަފުން ހަޅުތާލުކުރާ ކަމަށް ފަތުރާ ވީޑިއޯއަކީ ސެކިއުރިޓީ ޑްރިލްއެއްގެ މަންޒަރު: އެމްއޭސީއެލް

ވީއައިއޭ މުވައްޒަފުން ހަޅުތާލުކުރާ ކަމަށް ފަތުރާ ވީޑިއޯއަކީ ސެކިއުރިޓީ ޑްރިލްއެއްގެ މަންޒަރު: އެމްއޭސީއެލް

އަހަރީ ބޯނަސް ނުދީގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މުވައްޒަފުން ހަޅުތާލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ، އެއާޕޯޓުގައި ހިންގި ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ މަންޒަރުތައް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ވީޑިއޯގައި ފެންނަނީ 25 ނޮވެމްބަރު 2026 ވީ ބުދަ ދުވަހުގެ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށެވެ.

މުވައްޒަފުން ހަޅުތާލު ކުރާ ކަމަށް ދައްކައި، އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ މަޤްޞަދުގައި އެމްއޭސީއެލްގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު މައުލޫމާތު ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެއާޕޯޓުގައި ހިންގި ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ މަންޒަރުތައް.. [ ފޮޓޯ: އެމްއޭސީއެލް]
މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށް ވެސް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް އިލްތިމާސްކޮށްފައިވަނީ، ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، ހަމައެކަނި އެ ކުންފުނީގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތައް ބޭނުންކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kanada
ކެނެޑާގައި ދީނީ ރަމްޒުތައް މަނާކުރާ ކިޔުބެކްގެ ގާނޫނާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމް އިއްވަނީ
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި