Monday, 23 November 2026
Ads by

ނިއުޔޯކް ސްޓޭޓް ސެނެޓަށް ފަލަސްޠީނު ދަރިކޮޅުގެ މުސްލިމް އަންހެނަކު ފުރަތަމަ ފަހަރަށް އިންތިޚާބުވެއްޖެ

ނިއުޔޯކް ސްޓޭޓް ސެނެޓަށް ފަލަސްޠީނު ދަރިކޮޅުގެ މުސްލިމް އަންހެނަކު ފުރަތަމަ ފަހަރަށް އިންތިޚާބުވެއްޖެ

މިތާރީޚީ ކާމިޔާބު ހޯދި އުމުރުން 34 އަހަރުގެ އާބިރ ޚަވާޞް ---

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސްޓޭޓް ސެނެޓަށް ފަލަސްޠީނު ދަރިކޮޅުގެ މުސްލިމް އަންހެނަކު އިންތިޚާބުވެ، އެ ސްޓޭޓްގެ ސިޔާސީ ތާރީޚުގައި މުޅިން އައު ސަފުހާއެއް ލިޔެލައިފިއެވެ. އުމުރުން 34 އަހަރުގެ އާބިރ ޚަވާޞް މި ތާރީޚީ ކާމިޔާބީ ހޯއްދެވީ ނިއުޔޯކް ސިޓީގެ ނޯތުވެސްޓް ކުއީންސްގެ 12 ވަނަ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި، ރިޕަބްލިކަން ކެންޑިޑޭޓް ހޭން ކޯން ޓޯގެ މައްޗަށް 74.5 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުން ކުރިހޯއްދަވައިގެންނެވެ.

Ad Image
Ads by

އާބިރ ޚަވާޞް އިންތިޚާބުވެވަޑައިގެންނެވި ދާއިރާއަކީ ނިއުޔޯކްގައި އަރަބި ނަސްލުގެ މީހުން އެންމެ ގިނައިން ދިރިއުޅޭ އެއް ސަރަހައްދަށް ވާއިރު، އެ ދާއިރާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އެމެރިކާއިން ބޭރުގެ އެކި ގައުމުތަކަށް އުފަންވެފައިވާ މީހުންނެވެ. މި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ ނިއުޔޯކްގެ ގާނޫނު ހަދާ މަޖިލީހަށް ހޮވުނު ފަލަސްޠީނު ދަރިކޮޅުގެ ފުރަތަމަ މެންބަރަށާއި، އެ މަޖިލީހުން ޖާގަ ހޯދި ފުރަތަމަ މުސްލިމް އަންހެން ބޭފުޅާއަށެވެ.

މިޑްޓާރމް އިންތިޚާބުގައި ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރާ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ފިކުރުގެ ކެންޑިޑޭޓުން ހޯދަމުންދާ ކުރިއެރުންތަކުގެ ތެރޭގައި ޚަވާޞްގެ މި ކާމިޔާބީ ހިމެނޭއިރު، މިޝިގަންގެ ސެނެޓަށް އަބްދުލް އަލް ސައްޔިދު އަދި ލޮސް އެންޖެލިސްގެ މޭޔަރުކަމަށް ނިތްޔާ ރަމަން ވަނީ އިންތިޚާބުވެފައެވެ. ޚަވާޞްއަކީ ކުރިން ނިއުޔޯކްގެ މޭޔަރު ޛަހްރާން މަމްދާނީ ގާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އޭނާއާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، ކަންކަން އިންތިޒާމުކުރުމުގައި އޭނާގެ ހުރި ހުނަރުވެރިކަން ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނަށް ކުރިންސުރެ ވަނީ ފާހަގަކުރެވިފައެވެ.

އިންތިޚާބީ ކާމިޔާބީއަށްފަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޚަވާޞް ވިދާޅުވީ، ފަލަސްޠީނުގެ މިނިވަންކަމަށް އޭނާ ކުރައްވާ ތާއީދަށް އެއްވެސް ދޫދިނުމެއް ނެތި ސިޔާސީ މައިދާނަށް ނުކުމެވިދާނެ ކަމަށް ކުރިން ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި ކުރިން އިތުބާރު ނުކުރެވޭ ސިޔާސީ ނިޒާމެއްގެ ތެރެއަށް ވަނުމާ މެދު އުފެދުނު ޝައްކުތަކާއި، ޑިމޮކްރެޓިކް ސޯޝަލިސްޓް ޖަމިއްޔާ ނުވަތަ ޑީއެސްއޭއާއެކު އެންމެ ފުރަތަމަ މަސައްކަތް ފެށުނު ގޮތުގެ ހަނދާންތައް އޭނާ އާކުރެއްވިއެވެ.

ޚަވާޞްގެ އާއިލީ ފަސްމަންޒަރަށް ބަލާއިރު، އޭނާގެ މައިންބަފައިންނަކީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދާންޖެހުނު ބައެކެވެ. އޭނާގެ ބައްޕާފުޅު 1948 ވަނަ އަހަރު އުފަން ބިމުން ނެރެލިއިރު، މަންމާފުޅު ބޭރުކޮށްލީ 1967 ގައެވެ. އުރުދުންގައި އަވަށްޓެރިންގެ ގޮތުގައި ބޮޑުވެ ކައިވެނި ބައްލަވައިގަތުމަށްފަހު، 1990 ގެ އަހަރުތަކުގައި އެ ދެމަފިރިން އެމެރިކާއަށް ހިޖުރަކުރެއްވިއިރު، ޚަވާޞްއަކީ އެ އާއިލާގެ ތިންވަނަ ދަރިކަލުންނެވެ.

ފަލަސްޠީނުގެ މައްސަލައިގައި ޚަވާޞް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކުއީންސްގެ އިސްރަށްވެހިންގެ ބޮޑު އިތުބާރެއް ލިބިވަޑައިގެންފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ބަދަލެއް ގެނައުމަކީ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންގެ ނިންމުންތަކުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ސެނެޓްގެ މެންބަރެއްގެ ހައިސިއްޔަތުން ޚަވާޞްގެ އެންމެ އިސް އަމާޒަކީ 2023 ވަނަ އަހަރު އޭނާ އެކުލަވައިލެއްވި ”ނޮޓް އޮން އަވަރ ޑައިމް“ ބިލު އަލުން ދިރުވައި ފާސްކުރުމެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާ ގަވާއިދާ ޚިލާފު އިސްތިއުމާރީ ހަރަކާތްތަކަށް ނިއުޔޯކްގެ ޖަމިއްޔާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން މަނާކުރާ މި ބިލު ކުރިން ބޭރުކޮށްލި ނަމަވެސް، މިހާރު ވަނީ އަލުން ސެނެޓަށް ހުށަހަޅާފައެވެ. ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުގެ ނިޒާމު ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކުން މިސާލު ނަންގަވަމުން ޚަވާޞް ވިދާޅުވީ، މި މަސައްކަތުން ވެސް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
aber-1-1794942045
ނިއުޔޯކް ސްޓޭޓް ސެނެޓަށް ފަލަސްޠީނު ދަރިކޮޅުގެ މުސްލިމް އަންހެނަކު ފުރަތަމަ ފަހަރަށް އިންތިޚާބުވެއްޖެ
big_IrtY6U7IU7Yov8XCMCJVSZHwf
ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވެ، އިތުރު ބަޖެޓަކާ ނުލައި އަހަރު ނިންމާލެވުމަކީ ތާރީޚީ ކުރިއެރުމެއް: އަލީ މޫސާ
big_pRwXxOiFGV5S75iyFPbh2NnRr
ބަޖެޓަށް ބަދަލު ގެނެވެން އޮތީ ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން: ޝާހިދު
majlis 20 komety
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ބައެއް ކޮމިޓީތަކަށް ބަދަލުތަކެއް ގެނެސްފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި