ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކޮށްދޭ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ ”ޒުވާނުންގެ އެވޯޑު“ އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ބާރުއަޅައި ވާގިވެރިވުމުގެ މަޤްޞަދުގައި އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 22 ދާއިރާއަކުންނެވެ.
މިއަހަރު އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:
- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ
- ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ
- އާރޓްސް އެންޑް ކަލްޗަރ – ފަންނުވެރިކަމާއި ޘަޤާފަތް ދިރުވުމުގެ ދާއިރާ
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ
- ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންގ)
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ތިމާވެށީގެ ދާއިރާ
- މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ ދާއިރާ (ޖެންޑަރ އީކުއަލިޓީ)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ދިވެހިބަސް ދިރުވާ އާލާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ދިރާސާކުރުން އަދި އައު އުފެއްދުންތަކުގެ ދާއިރާ (ރިސާރޗް އެންޑް އިނޮވޭޝަން)
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދާއިރާ
- ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ (ޔޫތު އިންކްލޫސިވިޓީ)
- ދީނީ ދާއިރާ
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ދަރުމަވެރިކަމުގެ ދާއިރާ (ވޮލަންޓިއަރިޒަމް)
- މަސްވެރިކަމުގެ ދާއިރާ
- ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުންނާއި ގޫގުލް ލިންކު https://shorturl.at/6RwO0 މެދުވެރިކޮށް އަދި މިނިސްޓްރީގެ މައި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ. މީގެއިތުރުން އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް (info@sports.gov.mv) މެދުވެރިކޮށް ވެސް ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހެވެ













