Monday, 23 November 2026
Ads by

ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ

ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ

22 ނޮވެމްބަރު 2026 ގައި ސޫދާނުގެ ވެރިރަށް ޚަރްތޫމްގެ އަވަށަކަށް ދިން ޑްރޯން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ކައިރީގައި ސަލާމަތީ ބާރުތަކުގެ އޮފިޝަލުން ހަރަކާތްތެރިވަނީ. [ފޮޓޯ: އޭއެފްޕީ]

ސޫދާނުގެ ވެރިރަށް ޚަރްތޫމާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގެ ޒިންމާ އަޅުވަނީ އެ ގައުމުގެ ޕެރާމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ބޮލުގައެވެ.

Ad Image
Ads by

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން މި ހަމަލާތަކުގައި ސަރުކާރުގެ މުހިންމު އިމާރާތްތަކަށާއި، ޚަރްތޫމް އެއާޕޯޓަށް އަމާޒުކޮށް ޑްރޯން ފޮނުވާލާފައިވާއިރު، ސޫދާނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް ޑްރޯންތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާގޮތުން ޚަރްތޫމާ އިންވެގެން އޮންނަ އޮމްދުރުމާން ސިޓީގެ އުތުރުގައި ހުރި ގެއަކަށް ޑްރޯން ހަމަލާއެއް އަރައި ތިން މީހުން މަރުވެ، ނުވަ މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޚަރްތޫމްގެ ދެކުނުން އޮންނަ ޖަބަލް އަވްލިޔާ އަވަށުގައި މިސްކިތެއްގެ މުދިމެއްގެ ގެޔަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ވެސް ވަނީ މަރުވެފައެވެ.

ސޫދާނުގައި ހުންނަވާ އދ. ގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ޑެނިސް ބްރައުން ވިދާޅުވީ، މި ހަމަލާތަކުގައި އދ. ގެ މުވައްޒަފުން ތިބި އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އދ. ގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދޭ މިފަދަ ހަމަލާތައް އދ. އިން ވަނީ ކުށްވެރިކޮށްފައެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި މި ޑްރޯންތައް ފޮނުވާލާފައިވަނީ އަވައްޓެހި އިތިއޯޕިއާގެ ބަހިރު ދާރު އެއާޕޯޓުންނެވެ. މި މައްސަލައިގައި ސޫދާނުން ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލަށާއި އެފްރިކަން ޔޫނިއަނަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އިތިއޯޕިއާއިން މީގެ ކުރިން ވަނީ އެ ގައުމުގެ ސަރަހައްދު ބޭނުންކޮށްގެން ހަމަލާދޭން ފުރުސަތު ދޭކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

މީގެ އިތުރުން، އިތިއޯޕިއާ ބޯޑަރު ކައިރީގައި އޮންނަ ބްލޫ ނައިލް ސްޓޭޓުން ހައްޔަރުކުރި ސަރުކާރުގެ ސިފައިންތަކެއް އާރްއެސްއެފްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނެ ސޫދާން ސަރުކާރުން ވަނީ އެ ޖަމާއަތަށް ހަނގުރާމައިގެ ޖަރީމާގެ ތުހުމަތު ވެސް ކޮށްފައެވެ.

އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ސޫދާނުގައި މަރުވި އަދި ޒަޚަމްވި ކުޑަކުދިންގެ ތިންބައިކުޅަ ދެބައި ކުދިންނަކީ މިފަދަ ޑްރޯން ހަމަލާތަކުގެ ޝިކާރައަކަށް ވީ ކުދިންނެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގެ އަސްކަރިއްޔާއާއި އާރްއެސްއެފްއާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން 13 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، އެ ގައުމު ވަނީ ބޮޑު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
committee
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
sudan
ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ
indonesia
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ
pales
ވެސްޓް ބޭންކުގެ އަވަށްތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށްލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި