Monday, 23 November 2026
Ads by

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގައި ހުންނަ ފޮނިކާތަކެތި އުފައްދާ ކާރުޚާނާގައި އަލިފާން ރޯވުމާ ގުޅިގެން، ރެސްކިއު ޓީމުތަކުން އެ ސަރަހައްދު ބަލައި ފާސްކުރަނީ. [ ފޮޓޯ: ބަސަރްނަސް - އޭޕީ]

އިންޑޮނޭޝިއާގެ ފޮނިކާތަކެތި އުފައްދާ ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ތިން މީހުން މަރުވެ، 36 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޖަކާޓާއާ އިންވެގެން އޮންނަ ބަންޓެން ޕްރޮވިންސްގައި ހުންނަ ”ފޮނޫސާ އަގުންގް މުލިއާ“ ކުންފުނީގެ ކާރުޚާނާގައެވެ. މި ކާރުޚާނާއަކީ މަޝްހޫރު ”މިލްކިތާ“ ބްރޭންޑުގެ ކިރު އަޅައިގެން ހަދާ ފޮނިކާތަކެއްޗާއި ލުއިކާނާ އުފައްދާ ތަނެކެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިން ބުރިއަށް ހަދާފައިވާ އެ އިމާރާތުން ބޯ ދުމާއި އަލިފާންގަނޑު އަރަމުންދިޔައިރު، އެތެރޭގައި ހުރި މެޝިނަރީތަކާއި ވަސީލަތްތައް އަނދައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެކުންފުނީގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވި ވަގުތު އެ އިމާރާތުގެ އެތެރޭގައި ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. ހާދިސާ ހިނގި ވަގުތު 54 މީހުން ގެއްލުނު ކަމަށް ރިޕޯޓްކުރި ނަމަވެސް، އޭގެ ތެރެއިން 15 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީން ވަނީ ބުނެފައެވެ.

ރެސްކިއު އޮފިޝަލް ރިޒްކީ ދްވިޢާންތޯ ވިދާޅުވީ، އަލިފާން ރޯވިތާ 12 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރުވެސް، ބައެއް ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށާއި ތަން ފިނިކުރުމުގެ މަސައްކަތް އަލިފާން ނިއްވާ ފަރާތްތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވާ ފަރާތްތަކާއި، މީހުން ސަލާމަތްކުރާ ޓީމުތަކުގެ އިތުރުން އިންޑޮނޭޝިއާގެ ރެޑް ކްރޮސް ގުޅިގެން، މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ މީހުންގެ އާއިލާތަކުން ކާރުޚާނާ ބޭރަށް އެއްވެ، ކަންބޮޑުވުމާއެކު އިންތިޒާރު ކުރަމުންދާ މަންޒަރު ޓީވީތަކުންނާއި މީޑިއާތަކުން ވަނީ ދައްކާފައެވެ.

ފަހަކަށް އައިސް އިންޑޮނޭޝިއާގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު ނިކަލް ޕްރޮސެސްކުރާ ޕްލާންޓެއް ގޮވައި 13 މީހުން ވަނީ މަރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
committee
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
sudan
ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ
indonesia
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ
pales
ވެސްޓް ބޭންކުގެ އަވަށްތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށްލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި