ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”ބޭންކް ފަންޑު“ ގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ”ސަސްޓެއިނަބަލް އަރބަން ފާމިންގ“ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިޢުލާނުކޮށްފިއެވެ.
މި މަޝްރޫޢަކީ ބީއެމްއެލް އިން ފޯރުކޮށްދިން 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު ”ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން“ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. މި މަޝްރޫޢުގެ ދަށުން، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން ވަނީ އިތުރުކޮށްފައެވެ.

ބީއެމްއެލްގެ ”ބޭންކް ފަންޑު“ ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާހުރި، ދެމެހެއްޓެނިވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެ ބޭންކުން އަބަދުވެސް އަންނަނީ އެއްބާރުލުން ދެމުންނެވެ.













